ދިވެހިރާއްޖެ
އިޢުލާން
ރުއްގަހުގެ ވެރިން ހޯދުމަށް
ލ.ގަމު މަތިމަރަދޫ އަވަށު ޙުސައިނީ ހިނގުން މަގުގެ ދެފަރާތުން ޗަކަބިން ހިމެނޭތީ މަގުގެ ޕޭމަންޓް ހިފެހެއްޓުމަށް ފަރާތަކުން ދެ މީޓަރު ބޮޑު ކުރުމަށް ހަމަޖެހިފައިވާތީ ބޮޑު ކުރާ ބައިގައި ހުރި ރުއް ގަހުގެ ވެރިން ހޯދުމަށް މި އިދާރާއިން 1x ން 29x ށް ނަމްބަރ ޖަހާފައި ވާނެއެވެ. މި މަސައްކަތް ފެށުމުގެ ކުރިން އެ ރުއް ގަހުގެ ވެރިން ހޯދުމަށް ބޭނުންވެ އެވެ.
ވީމާ، މަތީގައި ދަންނަވާ ފައިވާ ބިމުގައި ހުރި ރުއް ގަހުގެ ވެރިން މި އިދާރާއަށް ދުރުވެ ރުއް ގަހުގެ ހިސާބު ހުށަހަޅާ ފޯމު ނަންގަވާ ފުރިހަމަ ކުރެއްވުމަށްފަހު 28 ނޮވެންބަރ 2024 ވާ ބުރާސްފަތި ދުވަހުގެ 13.00ގެ ކުރިން މި އިދާރާއަށް ފޯމު ހުށަހެޅުއްވުން އެދެމެވެ. ރުއްގަހުގެ ހިސާބު ހުށަހަޅާ ފޯމު ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެ އެވެ.
15ޖުމާދަލްއޫލާ 1446ހ
17 ނޮވެމްބަރ 2024މ