ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)426-4B/426/2024/453
ޕަބްލިޝްކުރި ތާރީޚް: 21 ނޮވެންބަރު 2024
ޕަބްލިޝްކުރި ގަޑި: 13:13
ސުންގަޑި: 24 ޑިސެންބަރު 2024 22:00
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - ފޭދޫ އަވަށުގައި އޮޕަރޭޝަން ކުރަނގި ފެށުމާ ގުޅޭ

އިޢުލާން

ފޭދޫ އަވަށުގައި އޮޕަރޭޝަން ކުރަނގި ފެށުމާ ގުޅޭ:

                  ދިވެހިރާއްޖޭގައި ދިމާވެފައިވާ ބިދޭސީ މަސައްކަތްތެރިންގެ މައްސަލަތައް ޙައްލުކުރުމުގެ ގޮތުން ސަރުކާރުން "އޮޕަރޭޝަން ކުރަނގި" ގެ ނަމުގައި ޚާއްޞަ އޮޕްރޭޝަނެއް ދަނީ ހިންގަމުންނެވެ. އެގޮތުން އައްޑޫ ސިޓީ ފޭދޫގައި މަސައްކަތް ކުރަމުންދާ ބިދޭސީ މަސައްކަތްތެރިންގެ މަޢުލޫމާތު އަދާހަމަކުރުމުގެ ގޮތުން 24 ނޮވެންބަރު 2024 އިން 24 ޑިސެންބަރު 2024 ގެ ނިޔަލަށް، ފޭދޫގައި ދިރިއުޅޭ ހުރިހާ ބިދޭސީ މަސައްކަތްތެރިންގެ ބަޔޯމެޓްރިކްސް ނެގުމުގެ މަސައްކަތް ކުރަމުންދާނެ ވާހަކަ ބިދޭސީ މަސައްކަތްތެރިން ގެންގުޅުއްވާ އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި ދަންނަވަމެވެ. 31 ޑިސެމްބަރ 2024 ގެ ފަހުން ބަޔޯމެޓްރިކްސް ނެގިފައިނުވާ ބިދޭސީ ފަރާތް ތަކާއި މެދުގައި ސަރުކާރުން ނިންމަވާ ގޮތެއްގެ ދަށުން ފިޔަވަޅު އެޅިގެންދާނެއެވެ.

                  ބަޔޯމެޓްރިކް ޑޭޓާ ނެގުމަށްޓަކައި ބިދޭސީ މަސައްކަތްތެރިޔާގެ ޕާސްޕޯޓް، ވޯކްވިސާ އަދި ޒިންމާދާރުވާ ފަރާތުގެ އައިޑީކާޑު ކޮޕީ އެއް ހިއްޕަވައިގެން ވަޑައިގެން ދެއްވުން އެދެމެވެ.

ހާޒިރު ވާންވީ ތަން: ފޭދޫ އަވަށު އޮފީސް

ތާރީޚް: 24 ނޮވެންބަރު 2024 އިން 24 ޑިސެންބަރު 2024

ދުވަސް އަދި ގަޑި: އާދީއްތަ – ބުރާސްފަތި (14:00 – 16:00 އަދި 20:00 – 22:00) އަދި ހޮނިހިރު (09:00 – 13:00) އެވެ.

 

19 ޖުމާދަލްއޫލާ 1446

21 ނޮވެންބަރު 2024

21 ނޮވެންބަރު 2024