މަސައްކަތް
ނަންބަރު: (IUL)233-CA/233/2024/13
ޕަބްލިޝްކުރި ތާރީޚް: 21 ނޮވެންބަރު 2024
ޕަބްލިޝްކުރި ގަޑި: 12:54
ސުންގަޑި:
02 ޑިސެންބަރު 2024 13:30
އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އއ.އަތޮޅު ކައުންސިލް އިދާރާ އާއި، އަތޮޅުގޭގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެެއް ހޯދުން
- މި އިދާރާ އާއި އަތޮޅުގޭގެ ސެކިއުރިޓީ، 2024 ޑިސެމްބަރ 11 ވަނަ ދުވަހުން ފެށިގެން، ދެ އަހަރު ދުވަހުގެ މުއްދަތަށް، އައުޓްސޯސްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ އެވެ.
- މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމަށް ޝައުޤްވެރިވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން، 2024 ނޮވެމްބަރ 27 ވާ، ބުދަ ދުވަހުގެ 13:30ގައި މި އިދާރާގެ ޖަލްސާކުރާ މާލަމުގައި އޮންނާނެ އެވެ.
- އަންދާސީ ހިސާބު ހުށަހެޅޭނެ އެންމެފަހު ތާރީޚަކީ، 2024 ޑިސެމްބަރ 02 ވާ، ހޯމަ ދުވަހުގެ 13:30 އެވެ. މީގެފަހުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައެއްނުގަނެވޭނެ އެވެ. މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅަންވާނީ، އެކަމަށް ތައްޔާރުކޮށްފައިވާ އަންދާސީ ހިސާބު ހުށަހަޅާ ފޯމުންނެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުވާ ފަރާތްތަކަށް މި ފޯމު ދޫކުރެވޭނެ އެވެ.
- އަންދާސީ ހިސާބު ހުށަހަޅުއްވާނީ، މި އިދާރާއަށެވެ. އަންދާސީ ހިސާބުތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގަ އެވެ. ސިޓީއުރައިގެ ބޭރުގައި، މަސައްކަތަށް ދެވިފައިވާ ނަމާއި، އަންދާސީ ހިސާބު ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެ އެވެ.
- އަންދާސީ ހިސާބު ހުޅުވުން އޮންނާނީ، 2024 ޑިސެމްބަރ 02 ވާ، ހޯމަ ދުވަހުގެ 13:35 ގައި މި އިދާރާގެ ޖަލްސާކުރާމާލަމުގަ އެވެ.
- އަންދާސީ ހިސާބުތައް އިވެލުއޭޓްކޮށް ޕޮއިންޓްދިނުމަށް ކަނޑައެޅިފައިވާގޮތް، މަސައްކަތުގެ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެ އެވެ.
21 ނޮވެންބަރު 2024