މަސައްކަތް
ނަންބަރު: (IUL)348-EM/348/2024/114
ޕަބްލިޝްކުރި ތާރީޚް: 21 ނޮވެންބަރު 2024
ޕަބްލިޝްކުރި ގަޑި: 12:20
ސުންގަޑި: 27 ނޮވެންބަރު 2024 12:00
އަރިއަތޮޅު ދެކުނުބުރީ އޮމަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނިތައް ނައްތާލާނެ ފަރާތެއް ހޯދުމަށް

އަރިއަތޮޅު ދެކުނުބުރީ އޮމަދޫ ކުނިގޮނޑުގައިވާ ކުނި ތިލަފުއްޓަށް ގެންދާނެ ފަރާތެއް ހޯދުން

އަންދާސީ ހިސާބު ހުށައެޅުމުގެ ދަޢުވަތު:             

            މިރަށު ކުނިގޮނޑުގައިވާ ދަގަނޑު، މުށި އަދި ޕްލާސްޓިކްފަދަ ބާވަތްތަށް ތިލަފުއްޓައް ގެންދާނެފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)348-EM/348/2024/102އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮއްފައި ނުވުމުގެ ސަބަބުން އެއިޢުލާން ބާތިލްކޮށް އަލުން މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.   

ބިޑް ރަޖިސްޓްރީ ކުރުން

            މި  ބީލަމުގައި ބައިވެރިވުމަށް، ޝަރުޠުހަމަވާ އަދި ޝައުޤުވެރިވާ ފަރާތްތަކުން، 2024 ނޮވެމްބަރ 18 ވާ ހޯމަ ދުވަހުން ފެށިގެން 2024 ނޮވެމްބަރ 27 ވާ ބުދަ ދުވަހުގެ 12:00 ގެ ނިޔަލަށް ތިރީގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީވުމަށް އެދޭ ފޯމް ފުރިހަމަ ކުރުމަށްފަހު ފޮނުއްވުމަށް އެދެމެވެ. ރަޖިސްޓްރީވާ ފަރާތްތަކަށް ބީލަންފޮތް މެއިލް މެދުވެރިކޮށް ފޮނުވޭނެވާހަކަ ދަންނަވާލަމެވެ.

ރަޖިސްޓަރީވުމަށް: https://forms.office.com/r/uWPQStdZn7

           މި ބީލަމުގައި ބައިވެރިވެވޭނީ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

           އަންދާސީ ހިސާބު ހުށަހެޅޭނީ އުމުރުން 18 އަހަރު ފުރިހަމަވެފައިވާ ބޭފުޅުންނަށެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ، އެމީހަކު ބަދަލުގައި ފޮނުވާކަން އެނގޭނެފަދަ ލިޔުމެއް ގެންނަންވާނެއެވެ. ކުންފުންޏެއްނަމަ، ކުންފުނީގެ ލެޓަރ ހެޑްގައި ފޮނުވާ މީހާގެ ވަނަވަރު އެނގޭނޭ ގޮތަށް ލިޔެފައި ފޮނުވަންވާނެއެވެ. ބީލަން ހުށަހެޅުމަށް ރަޖިސްޓަރ ނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނޯންނާނެވާހަކަ ދެންނެވީމެވެ.

މަޢުލޫމާތު ސާފުކުރުން:

މި ބީލަމާއި ގުޅޭ މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން 2024 ނޮވެމްބަރ 26 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން ކައުންސިލްގެ [email protected] މެއިލް މެދުވެރިކޮށް ހުށައެޅުން އެދެމެވެ.

 

 

 

ބިޑް ހުށަހެޅުން

          މި މަސައްކަތުގެ ބީލަން ހުށަހެޅުން އޮންނާނީ 2024 ޑިސެމްބަރ 10 ވާ އަންގާރަ ދުވަހު ހެނދުނު 10:00 ގެ ކުރިން އަރިއަތޮޅު ދެކުނުބުރީ އޮމަދޫ ކައުންސިލް އިދާރާއަށެވެ. 2024 ޑިސެމްބަރ 10 ވާ އަންގާރަ ދުވަހު ހެނދުނު 10:00 ގެ ފަހުން ބިޑް ހުށަހަޅާ ފަރާތްތަކުގެ ބިޑް ބަލައި ނުގަނެވޭނެކަން އަންގަމެވެ. ބީލަން ހުށައަޅަންވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައެވެ. އެ ނޫން ގޮތަކަށް ހުށަހަޅާ ބީލަން ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

 

ބިޑް ހުޅުވުން

          މި މަސައްކަތުގެ ބިޑް ހުޅުވުން އޮންނާނީ 2024 ޑިސެމްބަރ 10 ވާ އަންގާރަ ދުވަހު ހެނދުނު 10:05 ގައި އަރިއަތޮޅު ދެކުނުބުރީ އޮމަދޫ ކައުންސިލް އިދާރާގައި ބިޑް ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.

 

ތިލަފުއްޓަށް ގެންދަންޖެހޭ ތަކެތި:

  • ކުނިގޮނޑުގައި ޖަމާވެފައިހުރި ހުރިހާ ދަގަނޑުގެ ބާވަތްތަށް
  • ހުރިހާ މުށީގެ ބާވަތްތަށް
  • ހުރިހާ ޕްލާސްޓިކްގެ ބާވަތްތަށް
  • ހުރިހާ ބިއްލޫރީގެ ބާވަތްތަށް

ބީލަން ކާމިޔާބުކޮށް އެއްބަސްވުމުގައި ސޮއި ކުރާ ދުވަހުން ފެށިގެން ކުނި ގެންގޮސް ނިންމޭނެ މުއްދަތެއް ބީ.އޯ.ކިއޫ ގައި ހިމަނަންވާނެއެވެ.

 

އިތުރު ތަފްސީލް:

  • ކުނި ގޮނޑުގައި ޖަމާވެފައިވާ، ތިލަފުއްޓަށް ގެންދަންޖެހޭ ތަކެތި ގޮނޑަށް ޒިޔާރަތްކޮށް ބެލުމަށްފަހު އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.
  • ތިލަފުއްޓަށް ގެންދިއުމަށްފަހު ތިލަފުށިން ދޫކުރާ ސްލިޕް ކައުންސިލް އިދާރާއާއި ހަވާލުކުރުން.

ނޯޓް: މެއިލް މެދުވެރިކޮށް ހުށައަޅާ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

21 ނޮވެންބަރު 2024