ބީލަން
ނަންބަރު: GS20/IUL/2024/22
ޕަބްލިޝްކުރި ތާރީޚް: 21 ނޮވެންބަރު 2024
ޕަބްލިޝްކުރި ގަޑި: 11:46
ސުންގަޑި: 02 ޑިސެންބަރު 2024 14:00
ހދ.އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ސްކޫލްގެ ސެކިޔުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާ ގުޅޭ

ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާ ބެހޭ!

 

  1. 01 ޖަނަވަރީ 2025 ފެށިގެން 31 ޑިސެމްބަރ 2025ގެ ނިޔަލަށް މި ސްކޫލުގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މިމަސައްކަތަށް ބީލަން ހުށައެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތު ހަމަވާ އެންމެހައި ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާން ކުރެވިފައިވާނެއެވެ.
  2. މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2024 ނޮވެމްބަރ 24 އިން 2024 ޑިސެމްބަރ 2  އަށް ބަންދުނޫން  ކޮންމެ ދުވަހަކު 8:00 އިން 14:00އަށް މިމަދަރުސާއަށް ގުޅުއްވައިގެން ނުވަތަ އީމެއިލް މެދުވެރިކޮށް ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.
  3. މި ބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2024 ޑިސެމްބަރ 3 ވާ އަންގާރަ ދުވަހުގެ 13:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ހުށަހެޅުން އެދެމެވެ.
  4. ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ 2024 ޑިސެމްބަރ 10 ވާ އަންގާރަ ދުވަހުގެ13:00ގައި މި ސުކޫލްގައެވެ.
  5. މި ޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
  6. މި ޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ހދ. އަތޮޅު މަދަރުސާ

ހދ. ވައިކަރަދޫ، ދިވެހިރާއްޖެ

ފޯން: 6520056

އީ-މެއިލް: [email protected]

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

21 ނޮވެންބަރު 2024