މަސައްކަތް
ނަންބަރު: GS209/IUL/2024/23
ޕަބްލިޝްކުރި ތާރީޚް: 21 ނޮވެންބަރު 2024
ޕަބްލިޝްކުރި ގަޑި: 11:45
ސުންގަޑި: 26 ނޮވެންބަރު 2024 10:00
ފިޔޯރީ ސްކޫލް، ގދ. ފިޔޯރީ
ދިވެހިރާއްޖެ
ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު

ނަންބަރު: GS209/IUL/2024/23

އިޢުލާން

ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު

 

  1. މި ސްކޫލުގައި ކުރަން ހަމަޖެހިފައިވާ މަރާމާތުގެ މަސައްކަތްތަކުގެ ތެރެއިން ތިރީގައިވާ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
  2. ކޯޓޭޝަން ހުށައަޅާއިރު މަސައްކަތް ނިންމާލެވޭނެ މުއްދަތު ހިމަނަންވާނެއެވެ. އަދި ތިރީގައިވާ މަސައްކަތްތައް ކޮށްދެވޭނެ އަގު ވަކިން އެނގޭނެގޮތަށް ހިމަނަންވާނެއެވެ.
  3. ކޯޓޭޝަން ހުށައަޅަން ބޭނުންވާ ބޭފުޅުން 2024 ނޮވެމްބަރ 24 ވަނަ ދުވަހުގެ 11:00 އަށް ސްކޫލަށް ދުރުވެ، ކުރަން ޖެހޭ މަރާމާތްތައް ބަލާ ޗެކްކޮށް މަޢުލޫމާތު ސާފުކުރަންވާނެއެވެ. އަދި ބަލައިގަނެވޭނީ މަޢުލޫމާތު ސާފު ކުރަން ދުރުވާ ބޭފުޅުންގެ ކޯޓޭޝަން އެކަންޏެވެ.
  4. މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2024 ނޮވެމްބަރ 26 ވަނަ ދުވަހުގެ 11:00 އަށް މި ސުކޫލަށް ދުރުވެ ކޯޓޭޝަން ހުށައެޅުއްވުން އެދެމެވެ.
  5. މި މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2024 ނޮވެމްބަރ 26 ގެ 10:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

                ފިޔޯރީ ސްކޫލް

                ގދ.ފިޔޯރީ

                ފޯން: 7983086

                އީމެއިލް:  [email protected]

 

  1. މާރކްސް ދިނުމަށް ހަމަޖެހިފައިވާ ގޮތް:

ހުށަހަޅާ އަގަށް: 90 މާރކްސް : އަގަށް މާކްސް ދެވޭނީ އެންމެ ކުޑަ އަގެއް ހުށަހަޅާ ފަރާތަކަށް ފުލް މާކްސް ދިނުމަށްފަހު ދެންހުރި އަގުތަކަށް ޕްރޯރާޓާގެ އުޞޫލުންނެވެ.

ހުށަހަޅާ މުއްދަތަށް: 10 މާރކްސް: މުއްދަތަށް މާކްސް ދެވޭނީ އެންމެ ކުރު މުއްދަތެއް ހުށަހަޅާ ފަރާތަކަށް ފުލް މާކްސް ދިނުމަށްފަހު ދެންހުރި އަގުތަކަށް ޕްރޯރާޓާގެ އުޞޫލުންނެވެ.

 

ކުރަންޖެހޭ މަސައްކަތް:

  1. ޖުމްލަ 265 ފޫޓު ދިގު، 4 ފޫޓު އުސް ފާރުގައި ކުލަލުން. ފާރުގައި ލާންވާނީ ނިޕޯން ނުވަތަ އެއާއި އެއްފެންވަރުގެ ހުދުކުލައެވެ. ކުލަ ލުމުގެ ކުރިން ފާރުގައިވާ ކުލަ ކަހައި ސާފުކޮށް ދޮވުމަށްފަހު ވޯލް ސީލަރ ލާންވާނެއެވެ. ތަނބުތަކާއި ބެރީގައި ލާންވާނީ  ސްކޫލުގެ ކުލަ ކަމުގައިވާ ނޫކުލައެވެ.
  2. ސްކޫލުގެ އިރުމަތީ ފަރާތުގެ ގޭޓާއި އުތުރު ފަރާތުގެ ގޭޓުގައި ލާފައިވާ ދަވާދު ކަހައި ސާފުކޮށް އަލުން ދަވާދު ލުން. ދަވާދު ލާންވާނީ އަންޑަރކޯޓިން ރެޑްއޮކްސައިޑް ޕްރައިމަރ ލުމަށްފަހުއެވެ. ގޭޓުގައި ލާނީ ސްކޫލުގެ ކުލަ ކަމުގައިވާ ނޫކުލައިގެ ނިޕޯން ދަވާދެވެ.
  3. ސްކޫލުގެ ނޯޓިސްބޯޑު ހަލާކުވެފައިވާ ބައިތައް މަރާމާތުކޮށް އަލުން ދަވާދުލުން. ނޯޓިސްބޯޑުގައި ލާނީ ސްކޫލުގެ ކުލަ ކަމުގައިވާ ނޫކުލައިގެ ނިޕޯން ދަވާދެވެ.
  4. ދިދަ ޕޯސްޓުގައި ލާފައިވާ ދަވާދު ކަހައި ސާފުކޮށް އަލުން ދަވާދު ލުން. ދިދަ ޕޯސްޓުގައި ލާފައިވާ ދަވާދު ކަހައި އަންޑަރކޯޓިން ރެޑްއޮކްސައިޑް ޕްރައިމަރ ލާންވާނެއެވެ. އަދި ދިދަ ޕޯސްޓުގައި ލާނީ ހުދުކުލައިގެ ނިޕޯން ދަވާދެވެ.

 

19 ޖުމާދަލްއޫލާ 1446

21 ނޮވެމްބަރ 2024

21 ނޮވެންބަރު 2024