ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: ASMH-Procure/2024/14
ޕަބްލިޝްކުރި ތާރީޚް: 21 ނޮވެންބަރު 2024
ޕަބްލިޝްކުރި ގަޑި: 11:12
ސުންގަޑި: 26 ނޮވެންބަރު 2024 13:00
ޑރ. ޢަބްދުއް ޞަމަދު މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ކޮޓޭޝަން ހުށަހެޅުމުގެ ދައުވަތު

ނަންބަރު : ASMH-Procure/2024/14

 

ކޮޓޭޝަން ހުށަހެޅުމުގެ ދަޢުވަތު

ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ބައެއް ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން:

މިހޮސްޕިޓަލަށް ތިރީގައިވާ ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. 

ވީމާ، މިތަކެތި ވިއްކުމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން 26 ނޮވެމްބަރ 2024 ވަނަދުވަހުގެ 13:00 ގެ ކުރިން، ވިއްކުމަށް ހުށަހަޅާތަކެތީގެ އަގާއި ސަޕްލައިކުރެވޭނެ މުއްދަތު ހިމެނޭހެން ކޮޓޭޝަން މެއިލް ކުރެއްވުން އެދެމެވެ. ވަކިވަކި އައިޓަމްތަކަށް ނުވަތަ ހުރިހާ އައިޓަމްތަކަށްވެސް އަގުހުށަހެޅިދާނެ އަދި ކޮންމެ އައިޓަމެއް ވެސް އިވެލުއޭޓްކުރާނީ ވަކިވަކީންނެވެ.

މާރކްސްދިނުމަށް ހަމަޖެހިފައިވާ ގޮތް.

އަގަށް 90% (އަގަށް މާކްސް ދެވޭނީ އެންމެ ކުޑަ އަގެއް ހުށަހަޅާ ފަރާތަކަށް ފުލް މާކްސް ދިނުމަށްފަހު ދެންހުރި އަގުތަކަށް ޕްރޯރާޓާގެ އުޞޫލުންނެވެ.)

މުއްދަތަށް 10% (މުއްދަތަށް މާކްސް ދެވޭނީ އެންމެ ކުރު މުއްދަތެއް ހުށަހަޅާ ފަރާތަކަށް ފުލް މާކްސް ދިނުމަށްފަހު ދެންހުރި އަގުތަކަށް ޕްރޯރާޓާގެ އުޞޫލުންނެވެ.)

  • އިތުރު މަޢުލޫމާތު ސާފްކުރެއްވުމަށް: 6845160،6845140 އަށް ގުޅުއްވުން އެދެމެވެ.

    މެއިލް އެޑްރެސް : [email protected]

ގަންނަންބޭނުންވާ ތަކެތި: 

    * ރޯލް ރަބަރޝީޓް  (ބޭނުންވާ އަދަދު 2)

    * އެމްބިއުލާންސްގައި ބަހައްޓާ ވީލްޗެއަރ (ބޭނުންވާ އަދަދު 2)

    * އެމްބިއުލާންސް ސްޓްރެޗަރ ސޭފްޓީ ބެލްޓް (ބޭނުންވާ އަދަދު 10)

    * ފާރުގައި ހަރުކުރާ އޮޓޮމެޓިކް (ސޯޕް) ޑިސްޕެންސަރ (ބޭނުންވާ އަދަދު 1)

    * ރޯލް ރިބަން 0.7 ސެންޓިމީޓަރު ފުޅާ -ރަތްކުލަ (ބޭނުންވާ އަދަދު 10)

    * 12000 ބީ.ޓ.ޔޫ ގެ ޕޯޓަބަލް އެއަރކޮންޑިޝަނަރ (ބޭނުންވާ އަދަދު 3)

21 ނޮވެންބަރު 2024