މަސައްކަތް
ނަންބަރު: (IUL)GS56/2015/20
ޕަބްލިޝްކުރި ތާރީޚް: 05 ޖުލައި 2015
ޕަބްލިޝްކުރި ގަޑި: 13:49
ސުންގަޑި: 09 ޖުލައި 2015 10:30
ތުޅާދޫ ސްކޫލް
ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ   

މި ސްކޫލްގެ ނަންބަރު: (IUL)GS56/2015/17 އަށް އެކަށީގެންވާ ވަރަށް އަންދާސީހިސާބު ލިބިފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.

  •  ސްކޫލް ހުޅަނގުފަރާތުގެ 39 ފޫޓް ދިގުމިނުގެ ފާރު ތަޅައި ކުރީގެ ފާރާ އެއް އުސްމިނަކަށް 31.7 ފޫޓު ދިގުމިނަށް ރޭނުން.
  • 185.5 ފޫޓުގެ ދިގުމިނުގެ ފާރުގެ އެތެރެފަރާތާއި ބޭރުފަރާތުގައި ސިމެންތިޖެހުން.
  • 14 ފޫޓު ދިގުމިނުގެ ފާރުގެ ބޭރުފަރާތުގައި ސިމެންތިޖެހުން
  • 52.4 ފޫޓު ދިގުމިނުގެ ފާރުގެ އެތެރެފަރާތުގައި ސިމެންތިޖެހުން
  • ކުލަލުން

ވީމާ، މިކަމަށް އެދޭ ފަރާތްތަކުން 09 ޖުލައި 2015 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:30 އަށް ސްކޫލް އޮފީހަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 15 ޖުލައި 2015 ވާ ބުދަަ ދުވަހުގެ 10:30 އަށް ސްކޫލަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީއަކާއެކު މަޢުލޫމާތު ސާފުކުރަން ދުރުވާ ބޭފުޅެއްގެ އައިޑީ ކާޑު ކޮޕީއެއް ގެންނަންވާނެއެވެ. މަޢުލޫމާތު ސާފުކުރައްވަން އެ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނެތް ވާހަކަ ދެންނެވީމެވެ.

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ބަންދު ނޫން ދުވަސްދުވަހުގެ ހެނދުނު 10:00 ން މެންދުރުފަހުގެ 14:00 އަށް 6600136 ނަންބަރު ފޯނާއެވެ.

18 ރަމަޟާން 1436

05 ޖުލައި 2015