ދިވެހިރާއްޖެ
މުނިސިޕަލް އެސިސްޓެންޓް
މިއިދާރާއިން ފޯރުކޮށްދެމުންދާ މުނިސިޕަލް ޚިދުމަތްތަކުގައި އެހީތެރިކަން ފޯރުކޮށް ދިނުމުގެ މަޤްޞަދުގައި ކޮންޓްރެކްޓް އުޞޫލުން މަސައްކަތް ކުރުމަށް ޝައުޤުވެރިކަން ހުރި މުވައްޒަފުން ހޯދުމަށް ބޭއްނުންވެއްޖެއެވެ.
މަޤާމް: މުނިސިޕަލް އެސިސްޓެންޓް
ބޭނުންވާ ޢަދަދު: 1 (އެކެއް)
މުއްދަތު: 1 އަހަރު ދުވަސް
މުސާރަ: -/8500 (އަށްހާސް ފަސްސަތޭކަ) ރުފިޔާ.
ލިވިންގް އެލަވަންސް: -/3500 (ތިންހާސް ފަސްސަތޭކަ) ރުފިޔާ.
އެޓެންޑެންސް އެލަވަންސް: ޙާޒިރުވާ ދުވަހަކަށް -/125 (ސަތޭކަ ފަންސަވީސް) ރުފިޔާ
މަސައްކަތްކުރާންޖެހޭ ގަޑީގެ ޢަދަދު: ދުވާލަކު 8 ގަޑިއިރު.
ޔުނިޓް: މުނިސިޕަލް ސާރވިސް އެންޑް އިންފްރާސްޓްރަކްޗަރ
މަޤާމްގެ ޝަރުތު
1. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.
ނުވަތަ،
2. ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދައްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ނުވަތަ ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.
3. ކޮމްޕިއުޓަރ ޕްރޮގްރާމްތަކަށް އަޙުލުވެރިވުމާއި، ޑޭޓާބޭސް އަދި މަޢުލޫމާތު އެއްކުރުމުގެ ޕްރޮޓޮކޯލްތަކާއި ގުޅޭ މަޢުލޫމާތު ލިބިފައިވުން.
4. ޢާންމު އަދި ރަށްވެހި ޚިދުމަތްތަކާއި ގުޅޭ ގަވާއިދުތަކުގެ މަޢުލޫމާތު ލިބިފައިވުމާއި، ގަވާއިދުތަކުގައި ކަނޑައަޅާފައިވާ އިޖުރާޢަތުތަކާއި މިންގަނޑުތައް ހިފެހެއްޓުމުގެ ޤާބިލްކަން ލިބިފައިވުން.
5. ޤާނޫނުތަކާއި ގަވާއިދުތައް ދޭހަވުމާއި އަދި ޤާނޫނީ އަދި ޝަރުޢީ މައްސަލަތަކަށް ޖަވާބުދާރީވެވޭ ގޮތަށް ގަވާއިދުތައް ތަންފީޒުކުރުމުގެ ޤާބިލްކަން ލިބިފައިވުން.
6. ޝަރުޢީ މަރުޙަލާތައް ކުރިއަށްދާގޮތް ދޭހަވުމުގެ ޤާބިލުކަން ލިބިފައިވުން.
7. އަނގަބަހުންނާއި ލިޔުމުން ހަރުދަނާކޮށް މުޢާމަލާތްކުރުމުގެ ޤާބިލްކަން ލިބިފައިވުން.
8. މައްސަލަ ހައްލުކުރުމާއި އަދި ގޮތް ނިންމުމުގެ ހުނަރު ލިބިފައިވުން.
9. ވަޒަންކުރުމާއި، އޮބްޖެކްޓިވްގޮތެއްގައި މައްސަލަ ތަޙުޤީގު/ބެލުމާއި އަދި ހޯދޭ ކަންކަން ހުށަހެޅުމުގެ ޤާބިލުކަން ލިބިފައިވުން.
10. ކުރިމަތިލާންޖެހޭ ފަދަ މައްސަލަތައް ބެލުމާއި އަދި ހައްލުކުރުމުގެ ޤާބިލްކަން ލިބިފައިވުން.
މަސައްކަތްތައް
- ރަށްވެހި އަދި ޢާންމު ޚިދުމަތްތައް ފޯރުކޮށްދިނުމާއިގުޅޭ ޕްލޭންތަކާއި، ސިޔާސަތުތައް އެކުލަވާލުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.
- ޤަވާއިދުތަކާއި އެއްގޮތަށް ޢަމަލުކުރާކަން ކަށަވަރު ކުރުމުގެ ގޮތުންނާއި، ހެކިހޯދައި އަދި ރެކޯޑްކުރުމަށް ރަށުތެރެ ބަލައި މޮނިޓަރކުރުން.
- ރަށުގައި ޢުމްރާނީ މަސައްކަތްތައް ކުރަނީ، ޢިމާރާތްކުރުމުގެ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުތަކާއި އެއްގޮތަށްކަން ކަށަވަރުކުރުމުގެ ގޮތުން ޢިމާރާތް ކުރަމުންދާ ސައިޓްތައް މޮނިޓަރކުރުމާއި އަދި ސައިޓްތަކުގެ ރެކޯޑްތައް ބެލެހެއްޓުން.
- މަގުތަކާއި ޢާންމުތަންތަނުގައި ބެހެއްޓިފައިވާ އަދި ދޫކޮށްލެވިފައިވާ ތަކެތީގެ ރެކޯޑެއް ބެލެހެއްޓުމާއި ގަވާއިދުތަކުގައިވާގޮތަށް މިތަކެތި ނެގުމުގެ މަސައްކަތްކުރުން.
- ޤާނޫނީ އަދި ރެގިއުލޭޓަރީ ކަންކަން ފުރިހަމަވެފައިވާކަން ކަށަވަރު ކުރުމަށް ރަށްވެހި އަދި ޢާންމު ޚިދުމަތްތަކާއި ގުޅުންހުރި މަސައްކަތްތަކުގެ އިންސްޕެކްޝަންތައް ކުރިއަށް ގެންދިއުން.
- ދިވެހިރާއްޖޭގައި ކަމާއިގުޅިގެން ޢަމަލުކުރަމުންދާ ގަވާއިދުތަކާއި އަދި ކައުންސިލުން އެކުލަވާލައި ޢަމަލުކުރަމުންދާ ޤަވާއިދުތަކާއި ޚިލާފަށް އެކި ފަރާތްތަކުން ކުރާކަންކަމާއި، ކައުންސިލަށް ހުށަހެޅޭ ޝަކުވާތަކާއި އަދި މައްސަލަތަކުގެ މަޢުލޫމާތު އެއްކޮށް، ތަޙުޤީގުކުރުން.
- ޚިދުމަތްތަކާއި ގުޅޭ ރިކުއެސްޓްތައް ބަލައިގަތުމާއި، ގުޅިގެން ދޫކުރާ ހުއްދަތައް އަދި ޤަވާއިދުތަކާއި ޚިލާފުވާ ފަރާތްތަކަށް ދޫކުރާ ނަސޭޙަތުގެ ނޯޓިސް، އިންޒާރުގެ ނޯޓިސް އަދި ޖޫރިމަނާގެ ނޯޓިސްތައްފަދަ ނޯޓިސްތައް ތައްޔާރުކޮށް އެފަރާތްތަކާއި ހަވާލުކުރުމާއި އަދި މިފަދަ ލިޔުންތަކުގެ ރެކޯޑެއް ބެލެހެއްޓުން.
- އިދާރާގެ ބޭނުމަށާއި އަދި ޢާންމުކުރުމަށް ބޭނުންވާ ސިޓީތަކާއި، ޚިދުމަތްތަކުން ނަގާ ފީތަކާއި، ގަވާއިދާއި ޚިލާފުވުމުން ކުރެވޭ ޖޫރިމަނާ އަދި މިނޫންވެސް މިފަދަ މަޢުލޫމާތު ހިމެނޭ މަޢުލޫމާތު ކަރުދާސްތަކާއި އަދި ރިޕޯޓްތައް ތައްޔާރުކުރުން.
- ގަވާއިދުތައް ތަންފީޒުކުރުމާއި ގުޅޭ މަސައްކަތްތައް ހައްލުކުރުމަށް ކައުންސިލު އިދާރާގެ/ކަމާއިގުޅޭ ޔުނިޓްގެ މުވައްޒަފުންނާއި ގުޅިގެން މަސައްކަތްކުރުން.
- ގަވާއިދުތައް ތަންފީޒުކުރުމާއި ގުޅޭ ގޮތުން ދިވެހިރާއްޖޭގެ ކޯޓުތަކުގައި ހިނގާ ޝަރުޢީ މަރުޙަލާތަކުގައި ހެކި ހުށަހެޅުމާއި އަދި އެހީތެރިކަން ފޯރުކޮށްދިނުން.
- ރަށްވެހި އަދި ޢާންމު ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކައުންސިލުން ހޯދާ މުވައްޒަފުންގެ މަސައްކަތްތައް ބަލުމާއި، އެ މުވައްޒަފުންގެ މަސައްކަތްތަކާއި ގުޅޭގޮތުން ޔުނިޓް އިސްވެރިޔާއަށް ރިޕޯޓްކުރުން.
- ކައުންސިލުން ރައްޔިތުންނާއި އަދި ދާއިރާގެ މަސައްކަތްތަކާއި ގުޅިގެން އެކިފަރާތްތަކާއިއެކު ބާއްވާ ބައްދަލުވުންތަކުގައި ބައިވެރިވުމާއި އަދި ކައުންސިލުން ކުރިއަށް ގެންދާ އިޖުތިމާޢީ އަދި ތަމްރީނު ޕްރޮގްރާމް/އިވެންޓްތަކުގައި ބައިވެރިވުން.
- މަސައްކަތާއި ގުޅިގެން ޔުނިޓްގެ އިސްވެރިޔާއަށް ރިޕޯޓްކުރުމާއި އަދި މަސައްކަތުގެ ދާއިރާއިން ޔުނިޓްގެ އިސްވެރިޔާ ހަވާލުކުރާ އެހެނިހެން މަސައްކަތްތައް ކުރުން.
- ބަނދަރު މުވައްޒަފުންގެ މަސައްކަތްތަކާއި ވޭސްޓްމެނޭޖްމަންޓް ސެންޓަރުގެ މުވައްޒަފުންގެ މަސައްކަތްތަކާއި އަދި ޖުމްލަ ގޮތެއްގައި މުނިސިޕަލް އެންމެހާ މުވައްޒަފުންގެ މަސައްކަތްތައް މޮނިޓަރކުރުން.
- ކައުންސިލާއި އިދާރާގެ އިސްވެރިން އަންގާ އެންމެހާ ކަންކަން ކުރުން.
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:
02 ޑިސެންބަރު 2024 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން ވ.ފުލިދޫ ކައުންސިލްގެ އިދާރާއަށް.
ހުށައަޅަންޖެހޭ ލިޔެކިޔުންތައް:
# ތައުލީމި ސެޓްފިކެޓުތަކުގެ ކޮޕީ (އެކުރެޑިޓްކޮށްފައިވާ އަދި އަސްލާއެއްގޮތްކަމަށް ޤާނޫނީ ވަކީލެއްގެ އޮފީހަކުން ސޮއި ކޮށްފައިވާ އަސްލު)
# ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ އާއި އައިޑީ ކާޑުގެ ކޮޕީ (އަސްލާއެއްގޮތް ކަމަށް ޤާނޫނީ ވަކީލެއްގެ އޮފީހަކުން ސޮއިކޮށްފައިވާ އަސްލު)
# މި އިއުލާނާއިގުޅިގެން އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މި އިދާރާގެ ނަމްބަރ 6700603 ފޯނާއި އެވެ.
ވީމާ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިއުލާނުކުރީމެވެ.