ދިވެހިރާއްޖެ
ނަންބަރު: HDC(161)-MPR/IU/2024/263
އިއުލާން
ކ. ތިލަފުށި ފަޅުތެރޭގައި އަޅާފައިވާ އުޅަނދުތައް ނެގުމާގުޅޭ
މި އިއުލާނާއެކު އެއްކަރުދާސް ކުރެވިފައިވާ ޗާޓުގައި ފާހަގަކޮށްފައިވާ ކ. ތިލަފުށީގެ ފަޅުތެރެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް އަޅާފައިވާ އުޅަނދުތައް ނަގައި، އެ ސަރަހައްދު ސާފު ކުރުމުގެ މަސައްކަތް މިކޯޕަރޭޝަނުން އަންނަނީ ކުރަމުންނެވެ.
ވީމާ، އެއްކަރުދާސް ކުރެވިފައިވާ ޗާޓުގައި ފާހަގަ ކޮށްފައިވާ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތަކުގެ ތެރެއިން އެއްވެސް އުޅަނދެއްގެ ވެރިފަރާތެއް ވާނަމަ، މި ކުންފުނީގެ ތިލަފުށި އޮޕަރޭޝަންސް ޑިޕާޓްމަންޓާ ގުޅޭ ނަންބަރު؛ 9398888 އަށް ގުޅުއްވައި މައުލޫމާތު ސާފުކުރެއްވުމަށްފަހު، މިއަދުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި އެ އުޅަނދެއްގެ ވެރިފަރާތުން އެ އުޅަނދެއް ނެންގެވުމަށް ދަންނަވަމެވެ. އަދި ދެންނެވުނު މުއްދަތުގެ ތެރޭގައި މި އުޅަނދުތައް ނަގާފައި ނުވާނަމަ، މިއީ، ވެރިފަރާތުން ބޭނުން ނެތިގެން ދޫކޮށްލާފައިވާ އުޅަނދުތަކެއް ކަމުގައި ބަލައި، މި ކޯޕަރޭޝަނުން ކަނޑައަޅާ ގޮތެއްގެ މަތިން މި އުޅަނދުތަކާމެދު އަމަލުކުރެވޭނެ ވާހަކަވެސް އާންމުކޮށް އަންގައި އިއުލާން ކުރަމެވެ.
މިފަދަ ކަންކަމުގައި އާންމު ރައްޔިތުންނާއި ވިޔަފާރިތަކުގެ ފަރާތުން މި ކޯޕަރޭޝަނަށް ދެއްވާ އެއްބާރުލުން ފާހަގަކޮށް މި ފުރުސަތުގައި ޝުކުރު ދަންނަވަމެވެ.
18 ޖުމާދުލްއައްވަލް 1446
20 ނޮވެމްބަރު 2024