ދިވެހިރާއްޖެ
ރީޖަނަލް އެއަރޕޯޓްތަކަށާއި މި އޮފީހަށް މުދަލާއި ތަކެތި ނަގާދިނުމާއި ރީޖަނަލް އެއަރޕޯޓްތަކަށް ފޮނުވަންޖެހޭ މުދަލާއި ތަކެތި އުޅަނދުފަހަރަށް ގެންދިއުމާއި އަދި މިނޫންވެސް އޮފީހުގެ އެކި މަސައްކަތްތަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން ނަންބަރު (IUL)448/1/2015/69 އަށް އަގު ހުށަހަޅާފައި ވަނީ ދެ ފަރާތުންކަމަށްވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިކަމަށް އެދި ޝައުޤުވެރިވެލައްވާ ފަރާތްތަކުން 09 ޖުލައި 2015 ވާ ބުރާސްފަތި ދުވަހުގެ 13:30 އަށް ރީޖަނަލް އެއަރޕޯޓްސް، ވެލާނާގޭ 11 ވަނަ ފަންގިފިލާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 12 ޖުލައި 2015 ވާ އާދީއްތަ ދުވަހުގެ 13:30 އަށް ރީޖަނަލް އެއަރޕޯޓްސްއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.
18 ރަމަޟާން 1436