ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)423/423/2024/84
ޕަބްލިޝްކުރި ތާރީޚް: 20 ނޮވެންބަރު 2024
ޕަބްލިޝްކުރި ގަޑި: 19:36
ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ. ފަރެސްމާތޮޑާއިން ބަންޑާރަ ގޯތި ދޫކުރުމާ ގުޅޭ

         ގދ.ފަރެސްމާތޮޑާއިން ބާންޑާރަ ގޯތި ދޫކުރުމަށް ހަމަޖެހިފައިވާތީ، މިކަމުގެ ޢަމަލީ މަސައްކަތްތައް ފެށުމަށް މިއިދާރާއިން ވަނީ ނިންމާފައެވެ. މިގޮތުން، ފުރަތަމަ ކަމަކަށް އެމީހަކަށް ލިބޭ ގޯތީގެ އިންވަކިކުރަން ހަމަޖެހިފައިވެއެވެ. އިން ވަކިކުރުމަށްފަހު ގޯއްޗާއި ރަސްމީކޮށް ހާވާލުވާން އެގްރީމެންޓެއްގައި ސޮއިކުރަން ވާނެއެވެ. ގޯތި ލިބުނު ކަމަށްވާނީ އެގްރީމެންޓްގައި ސޮއި ކުރުމުންނެވެ. 

ގޯތީގެ އިން ވަކިކުރުމަށާއި، ގޯއްޗާއި ހާވާލުވާން ގޯތި ލިބޭފާރާތަށް ހާޒިރު ނުވެވޭނަމަ، ބަދަލުގައި މީހަކު ފޮނުވަން ވާނެއެވެ.  ގޯތި ކަނޑަން ހަމަޖެހިފައިވާ ތާރީޚްގެ 3 ދުވަސް ކުރިން ބަދަލުގައި ހާޒިރުވާ ފަރާތުގެ މަޢުލޫމާތު ރަސްމީކޮށް މިއިދާރާއަށް އަންގަން ވާނެއެވެ. ގޯތީގެ އިން ވަކިކުރުމަށް ދާންވާނީ ކަންމުޑި ރޭނޭ ގޮތަށް ގަލާއި، ވެއްޔާއި އަދި ސިމެންޓް ފަދަ ތަކެތި ހިފައިގެންނެވެ. ގޯތީގެ އިން ވަކިކުރެވޭ މިންވަރަށް ތަން ސާފުކޮށްފައި ބާއްވަން ވާނެއެވެ.

ހުރިހާ ގޯއްޗެއް އެއްފަހަރާ އިންވަކި ކުރުމަކީ ދަތި ކަމަކަށް ވާނެތީވެ، އެދުވަހަކު ކަނޑަން ހަމަޖެހިފައިވާ ގޯތިތަކުގެ ވެރިފަރާތްތަކަށް ކައުންސިލަށް ހާޒިރުވާންވީ ދުވަހާއި ގަޑި އަންގަމުން ދާނެއެވެ. މިގޮތުން ފުރަތަމަ މިމަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ 28 ނޮވެމްބަރު 2024 ވާ ބުރާސްފަތި ދުވަހުގައެވެ. މިދުވަހު ހާޒިރުވާން ޖެހޭ ފަރާތްތަކަށް މިއިދާރާއިން އަންގަމުން ދާނެއެވެ. މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

20 ނޮވެންބަރު 2024