މަސައްކަތް
ނަންބަރު: (IUL)320-ADHR/320/2024/151
ޕަބްލިޝްކުރި ތާރީޚް: 20 ނޮވެންބަރު 2024
ޕަބްލިޝްކުރި ގަޑި: 15:01
ސުންގަޑި: 24 ނޮވެންބަރު 2024 13:00
މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭސްޓް މެނޭޖްމެންޓް ސެންޓަރގެ އެތެރެއާއި ބޭރުގައި ހުރި ދަގަނޑުތައް ބޭރުކުރުމުގެ މަސައްކަތުގެ އަގު (ކޯޓޭޝަން) ހުށަހެޅުމަށް ހުޅުވާލުން

               ވޭސްޓް މެނޭޖްމެންޓް ސެންޓަރގެ އެތެރެއާއި ބޭރުގައި ހުރި ދަގަނޑުތައް ބޭރުކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

             މިކަމަށް އެދި ކޯޓޭޝަން ހުށަހަޅުއްވާއިރު ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެންމެ ކޯޓޭޝަންއެކެވެ. ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ ކޯޓޭޝަންތައް ބަލައި ނުގަންނާނެކަމާއި، އަދި މަޢުލޫމާތު ފުރިހަމަ ނުވާ ކޯޓޭޝަންތައް ބާޠިލުވާނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. މަސައްކަތުގެ އަގު ހުށަހަޅާއިރު މަސައްކަތުގެ މުއްދަތާއިއެކު ހުށަހެޅުމަށްވެސް ދެންނެވީމެވެ.

           ވީމާ، މިމަސައްކަތް ކުރުމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2024 ނޮވެމްބަރ 24 ވާ އާދިއްތަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ވަޑައިގެން މަސައްކަތުގެ އަގު (ކޯޓޭޝަން) ހުށަހެޅުއްވުން އެދެމެވެ. މިމަސައްކަތާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް  (އަޙްމަދު ޖުމާން) 9999038 އަށް ގުޅުއްވުން އެދެމެވެ.

20 ނޮވެންބަރު 2024