ދެންނެވުން
ނަންބަރު: ‎(IUL)23-L/23/2024/326‎
ޕަބްލިޝްކުރި ތާރީޚް: 20 ނޮވެންބަރު 2024
ޕަބްލިޝްކުރި ގަޑި: 14:49
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
‏ދުންފަތުގެ ބާވަތްތައް ދިވެހިރާއްޖެއަށް އެތެރެކޮށް ބޭނުންކުރުމާގުޅ‏ޭ

 

 

ދުންފަތުގެ ބާވަތްތައް ދިވެހިރާއްޖެއަށް އެތެރެކޮށް ބޭނުންކުރުމާގުޅޭ

ޤާނޫނު ނަންބަރު 2010/15 (ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 2024/23) އަށް 15 ނޮވެންބަރު 2024 އިން ފެށިގެން ޢަމަލުކުރަން ފެށުމާއެކު ދުންފަތުގެ ބާވަތްތައް ދިވެހިރާއްޖެއަށް އެތެރެކުރާ އަދި ދިވެހިރާއްޖެއިން ބޭރުކުރާ ކޮންމެ ފަރާތަކާއި، ދުންފަތުގެ ބާވަތްތައް ގަނޑުކޮށް ނުވަތަ ވަކިވަކިން ދިވެހިރާއްޖޭގައި ވިއްކާ ކޮންމެ ފަރާތެއްގެ ކިބައިގައި، ސަރުކާރުގެ ކަމާބެހޭ އިދާރާއިން ދޫކުރާ ވިޔަފާރިކުރުމުގެ ހުއްދައިގެ އިތުރުން މި ޤާނޫނުގެ ދަށުން މިނިސްޓްރީން ދޫކުރާ ޞައްޙަ ލައިސަންސެއް އޮންނަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ. އަދި މި ޤާނޫނާއި މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ ޚިލާފަށް އެއްވެސް ފަރާތަކުން ދުންފަތް ނުވަތަ ދުންފަތުގެ އެއްވެސް ބާވަތެއް ދިވެހިރާއްޖެއަށް އެތެރެކޮށް، ނުވަތަ ދިވެހިރާއްޖެއިން ބޭރުކޮށް، ނުވަތަ ދިވެހިރާއްޖޭގައި ބަހައި، ނުވަތަ ވިއްކައި ހަދައިގެން ނުވާނެކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.

ނަމަވެސް އިސްވެދެންނެވި ހުއްދަތައް ހޯދުމަށް ލާޒިމްވާނީ މި ޤާނޫނުގައި ބަޔާންކުރާ ފަދައިން މި ހުއްދަތައް ދިނުމުގެ އުޞޫލާއި އިޖުރާއަތުތައް ކަނޑައަޅާ ބަޔާންކުރާ ގަވާއިދު ޢާންމުކުރުމުން އެ ގަވާއިދުގައި ކަނޑައަޅާ މުއްދަތެއްގައެވެ.

ވީމާ، މިކަން ކަމާބެހޭ ގުޅުންހުރި އެންމެހައި ފަރާތްތަކުގެ މައުލޫމާތަށްޓަކައި އާންމުކޮށް އަންގާ އިޢުލާނުކުރަމެވެ.

----------------------------------------------

20 ނޮވެންބަރު 2024

 

20 ނޮވެންބަރު 2024