ދިވެހިރާއްޖެ
ހައްދުންމަތީ ހިތަދޫ ކައުންސިލްގެ އިދާރާ
ލ.ހިތަދޫ
ނަންބަރު: (IUL)404-CA/404/2024/88
ވަޒީފާގެ ފުރުޞަތު
މަޤާމް |
ވަގުތީ ޕްރީސްކޫލް ޓީޗަރ (ވަގުތީ) |
ބޭނުންވާ އަދަދު |
1 (އެކެއް) |
މުސާރަ |
-/2500 ( ދެހާސް ފަސްސަތޭކަ ރުފިޔާ) - އަދި ވަޒީފާއާއި ބެހޭ ޤާނޫނުގައި ވާފަދައިން ރަމަޟާން މަހުގެ އިނާޔަތު ފައިސާ ދެވޭނެއެވެ. - މީގެ އިތުރުން ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނާއި އެއްގޮތްވާ ގޮތުގެ މަތިން ރިޓަޔަރމެންޓް ޕެންޝަނަށް މުސާރައިން ކޮންމެ މަހަކު %7 (ހަތެއް) ޕަސެންޓް މުސާރައިން އުނިކުރެވޭނެއެވެ. |
މުއްދަތު |
03 މަސް ދުވަސް (ވަޒީފާގެ މަސްޢޫލިއްޔަތު ރަނގަޅަށް އަދާކުރަމުންގެންދާނަމަ، ކޮންމެ 3 މަހަކުން އާކުރެވޭނެއެވެ.) |
މަސައްކަތްކުރަންޖެހޭތަން |
ލ.ހިތަދޫ ކައުންސިލްގެ އިދާރާ |
ޝަރުތު |
-ގުރޭޑް 10 ނިންމާފައިވުން ނުވަތަ، ޕްރީސްކޫލް ޓީޗިން ސެޓްފިކެޓް ލިބިފައިވުން |
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް |
ބޭބީ ނަރސަރީ އަދި ނަރސަރީ ކުލާސްތަކަށް ކިޔަވައިދިނުން. |
ޕްރީ ސްކޫލްގެ ބޭބީ ނާރސަރީ އަދި ނާރސަރީ ކުލާސްތަކުގެ ކުދިންނަށް އެކުދިންގެ ޢުމުރާ ގުޅޭގޮތުން ކިޔަވައިދިނުން. |
|
ކުދިންނަށް ޢަރަބި، ދިވެހި އަދި އިނގިރޭސި އަކުރުތައް ތަރުތީބުން ކިޔަން އަދި ލިޔަން ދަސްކޮށްދިނުން. |
|
ކުދިންނަށް އިސްލާމީ ރިވެތި އާދަތަކާއި އަދުބުތައް ދަސްކޮށްދިނުން. |
|
އެކިއެކި ބައްޓަންތަކަށް ކިޔާނަންތައް ދަސްކޮށްދިނުން. |
|
ކުލަތަކަށް (ދިވެހިން/އިނގިރޭސިން) ކިޔާނަންތަކާއި ކުލަ ވަކިކުރަން ދަސްކޮށްދިނުން. |
|
ވަކިވަކިދަރިވަރުންގެ އުނގެނުމުގެ ފެންވަރު ބަލައި ކިޔަވައިދިނުން އެއާއިއެއްގޮތަށް ބައްޓަންކޮށް މުޤައްރަރުގައިވާ ބައިތައް ޙާޞިލްކުރުން. |
|
ކުލާހަށް ދިއުމުގެ ކުރިން ކޮންމެދުވަހެއްގެ ލެސަންނަށް ފުރިހަމައަށް ތައްޔާރުވެގެން ކުލާހަށް ދިއުމާއި ދަރިވަރުންނަށް އެކަށީގެންވާފަދަ ކިޔެވުމުގެ މާހައުލެއް ޤާއިމް ކުރުމާއި އަދި ކިޔަވައިދެއްވާގަޑިތަކަކީ ފޮތްމާކުކުރާ ގަޑިތަކަކަށް ނުހެދުން. |
|
ކިޔަވައި ދެއްވާއިރު ހުރިހާ ކުދިންވެސް ސަމާލުކަމަށް ގެނައުން. |
|
ކިޔަވައި ދެއްވާ ފިލާވަޅާއި ގުޅޭ ކިޔަވައި ދިނުމުގެ އެހީ ތައްޔާރު ކުރުމާއި ބޭނުން ކުރުން. |
|
ވީހާވެސް ބޮޑަށް ކުދިން އުނގަންނައިދޭ ޙަރަކާތް ތަކުގައި ބައިވެރި ކުރުވައިގެން އުނގަންނައި ދިނުން. |
|
އިސްލާމް ، ޤްރުއާން ، ދިވެހި ، ޕީއީ އަދި ޕީއޭ ފިޔަވައި އެހެން މާއްދާތައް ކިޔަވައި ދެއްވާ ގަޑިތަކުގައި ދަރިވަރުން އިނގިރޭސި ބަހުން ވާހަކަ ދެއްކުމަށް ބާރުއެޅުން. |
|
ދިވެހި ބަހުން ވާހަކަ ދައްކާ ގަޑިތަކުގައި ރީތި ދިވެހި ބަސް ބޭނުން ކުރުމަށް ބާރު އެޅުން. |
|
ދަރިވަރުންނަށް އެދަރިވަރުންގެ ލަނޑުދަނޑި ޙާޞިލް ކުރުމަށްޓަކައި ހިތްވަރު ދިނުން. |
|
ކިޔަވައި ދެއްވާ މާއްދާތަކަށް ދަށް ކުދިން ފާހަގަކުރައްވައި ރިމީޑިއަލް ނެންގެވުން. |
|
ކުދިންގެ ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ކިޔެވުމަށް ހުރަސް އަޅާފަދަ ކަމެއް ވޭތޯ ބައްލަވައި ސުޕަވައިޒަރުންނަށް އެކަން އެންގެވުން. |
|
މުދައްރިސުން އެމުދައްރިސުން ސެޝަނުގައި ލިބޭ ހުސްވަގުތައް ހޭދަކުރަންވާނީ ދަރިވަރުންނަށާއި ސްކޫލަށް ފައިދާހުރި ކަންކަމުގައެވެ. |
|
ޙާޟިރީ މާކްކޮށް ޙާޟިރީގައި ފުރިހަމަ ކުރަންޖެހޭ ބައިތައް ފުރިހަމަ ކުރަން ވާނެއެވެ. |
|
ހަވާލުކުރެވިފައިވާ ކުލާސްރެކޯރޑްގައިވާ ބައިތައް ގަޑިގަޑިއަށް ފުރިހަމަކުރުން. |
|
ކްލާހަށް ކުދިން ވަނުމާއި ނުކުތުން ބަލަހައްޓަންވާނީ އެވަގުތަކު އެކްލާހެއްގައި ހުންނަވާ މުދައްރިސެކެވެ. |
|
ކްލާސްތެރެ ސާފު ތާހިރުކޮށް ބޭއްވުމަށް އަބަދުވެސް ދަރިވަރުންނަށް ބާރުއަޅަން ވާނެއެވެ. އަދި ސެސަންނިމިގެން ދަރިވަރުން ކުލާހުން ނެރުމުގެ ކުރިން އެގަޑިއެއްގައި ކުލާހުގައި ހުރިޓީޗަރު ދަރިވަރުންގެ ޑެސްކާއި ތަޅުންމަތީގައިވާ ކުނިބުނި ދަރިވަރުންލައްވާނަގައި ޑަސްބިނަށް އަޅަށް ޚާއްޞަ ސަމާލުކަމެއް ދިނުން |
|
ވީހާވެސް ބޮޑަށް ކުދިންގެ ކިބައިގައި އިސްނެގުމުގެ ހުނަރު އަށަގެންނެވޭތޯ ބައްލަވަން ވާނެއެވެ. |
|
ކުދިން ކްލާހުގައި ތިބޭއިރު އެކަށީގެންވާ ފަރާތެއްގެ ބެއްލެވުމުގެ ދަށުންނޫނީ ކްލާސް ދޫކޮށް ލައްވާފައި ވަޑައި ނުގަންނަވާށެވެ. |
|
ކްލާހަށް ވަޑައިގަންނަވާނީ ފިލާވަޅަށް ރަނގަޅަށް ތައްޔާރުވެ ލައްވައިގެން ބޭނުންވާ ހުރިހާ އެއްޗެއް ހިއްޕަވައިގެންނެވެ. |
|
ދަރިވަރުންގެ ކިބައިން ފެންނަ ނުރަނަގަޅު ކަންތައްތައް އިޞްލާޙު ކުރުމަށް މަސައްކަތް ކުރުމާއެކު ކަމާ ބެހޭ މަޢުލޫމާތު ގުޅުންހުރި ފަރާތްތަކަށް ދޭންވާނެއެވެ. އަދި ކުދިންގެ ސިއްރު ހިފަހައްޓައި، ކުދިންގެ ހުންނަ ސިފަތަކާއި، ކުއްޖާގެ ވާހަކަ ވަޒީފާއިން ބޭރު މާހައުލެއްގައި ނުދެއްކުން. |
|
އެމުދައްރިސެއްގެ ކިޔަވައި ދިނުމުގެ ދާއިރާއިން ލިބެންހުރި އެންމެ ފަހުގެ މަޢުލޫމާތު ހޯއްދަވައި އަމިއްލަ މަޢުލޫމާތުގެ ޚަޒާނާ މުއްސަނދި ކުރަންވާނެއެވެ. |
|
ކިޔަވައި ދެއްވާ ގަޑީގައި ބޭކާރު ގޮތުގައި ދަރިވަރުން ކްލާސް ތެރޭގައި އަޑުގަދަކޮށް، ހިނގައި ހެދިޔަ ދީގެން ނުވާނެއެވެ. |
|
ހިންގަވާ ހުރިހާ ޙަރަކާތް ތަކެއްގެ ރެކޯޑް ބަލަހައްޓަވަން ވާނެއެވެ. |
|
ދަރިވަރުންގެ ކިބައިގައި ސާފު ތާހިރުކަން އަށަގެންނެވުމަށް މަސައްކަތް ކުރައްވަން ވާނެއެވެ. |
|
ކިޔަވައިދިނުމާއި ގުޅޭގޮތުން ހަވާކުރެވޭ މަސައްކަތް ކުރެއްވުމަށް ސަމާލުކަން ދެއްވަންވާނެއެވެ. |
|
އިސްވެދިޔަ ކަންތައްތަކުގެ އިތުރަށް ޚާއްޞަގޮތެއްގައި ހަވާލުކުރެވޭ އާއްމުގޮތެއްގައި ދިމާނުވާޒާތުގެ ބޮޑެތި މަސައްކަތްތަކުގައި، އަދި ކުއްލިގޮތެއްގައި ހަވާލުކުރެވޭ އަވަސް ކަންތައްތަކުގައި ވެރިން އަންގަވާގޮތުގެމަތިން، ފަރުވާތެރިކަމާއިއެކު ބަރާބަރަށް ޢަމަލުކުރުން. |
|
|
ކޮންމެ ކުލާހަކަށް 1 ގަޑިއރާއި 30 މިނެޓް ކިޔަވައިދޭން ޖެހޭނެއެވެ. |
ހުށަހަޅަންޖެހޭ ލިޔުންތައް |
|
ސުންގަޑި |
27 ނޮވެމްބަރ 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެކުރިން |
އިތުރު މަޢުލޫމާތު |
މުސާރާއިގެ އިތުރުން އެއްވެސް އެލެވަންސެއް އަދި އިތުރުގަޑީގެ ފައިސާއެއް ނުލިބޭނެއެވެ. |
18 ޖުމާދަލްއޫލާ 1446
20 ނޮވެމްބަރ 2024