މަސައްކަތް
ނަންބަރު: (IUL)369-AS/369/2024/51
ޕަބްލިޝްކުރި ތާރީޚް: 20 ނޮވެންބަރު 2024
ޕަބްލިޝްކުރި ގަޑި: 14:19
ސުންގަޑި: 28 ނޮވެންބަރު 2024 13:05
މުލަކަތޮޅު މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރު ހޮޅުއަށީގައި ކުރަންޖެހޭ މަރާމާތުތައްކޮށް ހޮޅުއަށި އަޕްގްރޭޑްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

ބަނދަރު ހޮޅުއަށީގައި ކުރަންޖެހޭ މަރާމާތުތައްކޮށް ހޮޅުއަށި އަޕްގްރޭޑްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

މ. މަޑުއްވަރީ ބަނދަރު ހޮޅުއަށީގައި ކުރަންޖެހޭ މަރާމާތުތައް ކޮށް ހޮޅުއަށި އަޕްގްރޭޑްކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ. މިމަސައްކަތްކޮށް ދިނުމަށް ޝައުޤުވެރިވެ ލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. ބީލަމަށްކުރިމަތި ލެވޭނެ ފަރާތްތަކާއި  ބީލަމާގުޅޭ މައުލޫމާތު މިއިއުލާނާ އެޓޭޗް ކުރެފިފައިވާ ބީލަން ފޮތުގައި ވާނެއެވެ.

 

ބީލަމުގައި  ބައިވެރިވުމަށް ރަޖިސްޓްރީ (ނަންނޯޓް) ކުރަންއެދޭ ފަރާތްތަކުން  25 ނޮވެމްބަރ 2024 ވާ ހޯމަ ދުވަހު 13:00 ގެ ނިޔަލަށް ރަޖިސްޓަރ (ނަން ނޯޓް) ކުރުމަށް ފުރުޞަތު ހުޅުވާލަމެވެ. މ. މަޑުއްވަރީ ކައުންސިލްގެ އިދާރާ ބަންދުނޫން ކޮންމެދުވަހަކު 9:00 އިން 13:00 އަށް  ކައުންސިލް އިދާރާއަށް ދުރުވެ ރަޖިސްޓްރީ ކުރެވޭނެއެވެ. ތިރީގައިވާ ލިންކު މެދުވެރިކޮށް  އޮންލައިން ކޮށްވެސް ރަޖިސްޓްރީ ވެވޭނެއެވެ. ބީލަން ހުށަހެޅޭނީ ހަމައެކަނި ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކުރި ފަރާތް ތަކަށެވެ. 

ރެޖިސްޓްރޭޝަން ފޯމުގެ ލިންކް : https://forms.gle/HZGwjkxpjPGRHGkKA/

 

މިބީލަމާއި ގުޅޭ މައުލޫމާތު ބީލަންފޮތާއިއެކު ޢާންމުކުރެވިފައިވާތީ ، ޕްރީ ބިޑް މީޓިން ބާއްވާގޮތަށް ހަމަޖެހިފައެއް ނުވެއެވެ. ބީލަމާގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ [email protected]  އަށް ލިޔުމުން އީމެއިލްކުރެއްވުމުން އެކަމުގެ މަޢުލޫމާތު ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރކޮށްފައިވާ ހުރިހާ ބީލަންވެރިންނަށް އީމެއިލް އިން ފޮނުވޭނެއެވެ. ބީލަމާ ގުޅިގެން އިތުރު މައުލޫމާތެއް ސާފުކުރަން ބޭނުން ވާނަމަ 9101005/9555391 ނަމްބަރުތަކާ ގުޅައިގެން އެ މައުލޫމާތު ސާފުކުރެއްވުން އެދެމެވެ.

ބީލަން ހުށަހެޅުން  އޮންނާނީ  2024 ނޮވެމްބަރ 28 ވާ ބުރާސްފަތި ދުވަހު 13:00 އިން 13:05 ގެ ނިޔަލަށެވެ.  ބީލަން ހުށަހެޅުމަށް ވަޑައިގަންނަވާނީ މ. މަޑުއްވަރީ ކައުންސިލް އިދާރާގެ " ދަސްވަނި މާލަމް " އަށެވެ. ބީލަން ކަނޑައި ހުޅުވާނީ 2024 ނޮވެމްބަރ 28 ވާ ބުރާސްފަތި ދުވަހު 13:10 ގައި  މ. މަޑުއްވަރީ ކައުންސިލް އިދާރާގެ " ދަސްވަނި މާލަމު " ގައެވެ.

 

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

18 ޖުމާދަލްއޫލާ 1446

20 ނޮވެމްބަރ 2024

20 ނޮވެންބަރު 2024