ކުއްޔަށް ދިނުން
ނަންބަރު: (IUL)395-02/395/2024/106
ޕަބްލިޝްކުރި ތާރީޚް: 20 ނޮވެންބަރު 2024
ޕަބްލިޝްކުރި ގަޑި: 12:45
ސުންގަޑި: 28 ނޮވެންބަރު 2024 11:00
ހައްދުންމަތީ އިސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބޮޑުތަކުރުފާނު މަގު (މާމަގު) ދެފަރާތު ރުއްގަނޑު ކުއްޔަށްދިނުމާއި ގުޅޭ

މިރަށު ބޮޑުތަކުރުފާނު މަގުގެ ދެފަރާތުގައި އިންދާ ހައްދާފައިވާ ދިވެހި ރުއްތައް އެންމެ ރަނގަޅު އަގެއް ހުށަހަޅާ ފަރާތަކަށް 01 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށްދިނުމަށް ވަނީ ހަމަޖެހިފައެވެ.    

          ވީމާ، ބޮޑުތަކުރުފާނު މަގުގެ ދެފަރާތުގައިވާ، ރުއްތަކުގެ ތެރެއިން، ކުއްޔަށް ދިނުމަށް ހަމަޖައްސާފައިވާ 145 (ސަތޭކަ ސާޅީސް ފަހެއް) ރުކުގައި މިހާރުވަނީ ފެހިކުލައާއި ނޫކުލައިގެ ދަވާދުން ނަމްބަރު ޖަހާފައެވެ. އެ ރުއްތައް ކުއްޔަށް ނަންގަވަން ބޭނުންވާ ފަރާތްތަކުން، 28 ނޮވެމްބަރ 2024 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ހުށަހަޅުއްވާ އަންދާސީ ހިސާބުގައި ރުއްތައް 01 އަހަރު ދުވަހަށް ކުއްޔަށް ހިފަން ޤަސްދުކުރާ އަގާއި، ހުށަހަޅާ ފަރާތުގެ ނަމާއި، އެޑްރެސް އަދި ގުޅޭނެ ނަމްބަރު ފަދަ މުހިއްމު މަޢުލޫމާތުތައް ހިމަނަންވާނެއެވެ. އަދި މިރުއްތައް ކުއްޔަށް ނަންގަވާ ފަރާތުން، ކައުންސިލްގެ ލަފާގެ މަތިން ރުއްތަކުގެ ފެށޭ ހިސާބުން، ނިމޭ ހިސާބާއި ދެމެދު މާމަގުގެ ދެފަރާތު މަގުކައިރި ޖަހައި މަގަށް ވިނަ ނުނިކުންނާނެގޮތަށް ބަލަހައްޓަންވާނެއެވެ. 

20 ނޮވެންބަރު 2024