ކުއްޔަށް ދިނުން
ނަންބަރު: (IUL)394/394/2024/102
ޕަބްލިޝްކުރި ތާރީޚް: 20 ނޮވެންބަރު 2024
ޕަބްލިޝްކުރި ގަޑި: 11:59
ސުންގަޑި: 03 ޑިސެންބަރު 2024 10:30
ކޮޅުމަޑުލު އޮމަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްވެރިކަމުގެ ބާވަތްތަކުން ތަކެތި އުފެއްދުމަށް ބިން ދޫކުރުން

މި އިޢުލާންވަނީ 20 ނޮވެންބަރު 2024 12:02 ގައި ބާތިލް ކުރެވިފައެވެ.


 

މިރަށުގައި މަސްވެރިކަމުގެ ބާވަތްތަކުން ތަކެތި އުފެއްދުމަށް ބިން ބޭނުންވާ ފަރާތްތަކަށް މިރަށު އަޙްމަދު ޢަބްދުﷲ ހިނގުމުގެ އިރު ދެކުނުން އަތިރީކައިރިން 4 ބިން ދޫކުރުމަށް ކުރެވުނު ނަމްބަރު: (IUL)394/394/2024/83 ( 9 ސެޕްޓެމްބަރ 2024 ) ބާތިލްކޮށް އަލުން އިޢުލާންކުރީމެވެ.

މަސްވެރިކަމުގެ ބާވަތްތަކުން ތަކެތި އުފެއްދުމަށް ދޫކުރުމަށް ހަމަޖެހިފައިވަނީ، 2000 އަކަފޫޓުގެ ބިމެވެ. މި ބިންތަކަށް ކުލިނަގަން ހަމަޖެހިފައިވަނީ އަކަފޫޓަކަށް 30/- (ތިރީސް ލާރި) ގެ ރޭޓުންނެވެ.

ވީމާ، ބިން ކުއްޔައް ހިފުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 3 ޑިސެމްބަރ 2024 ވާ އަންގާރަ ދުވަހު 10:30 ގެ ކުރިން މި އިދާރާއަށް ވަޑައިގެން ނުވަތަ މި އިދާރާގެ އީމެއިލް [email protected] އަށް ފޯރމް ހުށަހެޅުއްވުން އެދެމެވެ.

މަސްވެރިކަމުގެ ބާވަތްތަކުން ތަކެތި އުފެއްދުމަށް ބިން ދޫކުރުމުގެ އުޞޫލު، ބިމަށް އެދޭ ފޯމް އަދި ބިން ދޫކުރުމަށް ހަމަޖެހިފައިވާ ސަރަހައްދުގެ ޗާޓް މި އިޢުލާނާއި އެކު އާންމުކުރީމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 6780039 ނަމްބަރު ފޯނާއި ގުޅުއްވުންއެދެމެވެ.

                

20 ނޮވެންބަރު 2024