ދިވެހިރާއްޖެ
އިޢުލާނު |
|
މަޤާމު: |
ޕްރޮޖެކްޓް އޮފިސަރ |
މަޤާމުގެ ނަންބަރު: |
J-326210 |
އޮފީސް ސެކްޝަން: |
ޑިވެލޮޕްމަންޓް އެންވަޔަރމެންޓް އަދި މޮނިޓަރިންގ ސެކްޝަން |
ބޭނުންވާ އަދަދު: |
01 |
މަޤާމުގެ ގިންތި: |
ދާއިމީ |
މަޤާމުގެ ރޭންކު: |
އެމް. އެސް. 2 |
މަޤާމުގެ ކްލެސިފިކޭޝަން: |
ޓެކްނިކަލް އޮފިސަރ ގްރޭޑް 2 |
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
މިނިސްޓްރީ އޮފް ޓޫރިޒަމް (ވެލާނާގެ 5 ވަނަ ފަންގިފިލާ) |
މުސާރަ: |
6295.00 |
ސަރވިސް އެލަވަންސް: |
2000.00 |
އެހެނިހެން އެލަވަންސް: |
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
1- ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގައި ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫއުތަކާއި ފެންވަރު މަތިކުރުމުގެ މަޝްރޫއުތަކަށް ހުށަހަޅާ ޑިވެލޮޕްމަންޓް ކޮންސެޕްޓް ޗެކްކުރުން، އަދި ކޮންސެޕްޓަށް ހުއްދަދިނުމަށް ބޭނުންވާނޭ އެންމެހައި ކަންކަން ކުރުން. 2- ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގައި ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫއުތަކާއި ފެންވަރު މަތިކުރުމުގެ މަޝްރޫއުތަކަށް ހުށަހަޅާ ތަފްސީލް ކުރެހުންތައް ޗެކްކުރުން، އަދި އިމާރާތްކުރުމުގެ ހުއްދަދިނުމަށް ބޭނުންވާ އެންމެހާ ލިޔެކިޔުންތައް ތައްޔާރުކުރުން. 3- ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގައި ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫއުތަކާއި ފެންވަރު މަތިކުރުމުގެ މަޝްރޫއުތަކަށް މިނިސްޓްރީން ދީފައިވާ ހުއްދަތަކާއި އެއްގޮތަށް ޢިމާރާތްކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާ މިންވަރު ބެލުމަށް ކުރިއަށްގެންދާ އިންސްޕެކްޝަންތައް ރާވާ އިންސްޕެކްޝަންތަކުގައި ބައިވެރިވުމާއި މިއިންސްޕެކްޝަންތަކުގެ ރިޕޯޓް ތައްޔާރުކުރުން އަދި މިކަމާއިބެހޭއެންމެހާ ކަންކަން ކުރުން. 4- ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގައި ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫއުތަކާއި ފެންވަރު މަތިކުރުމުގެ މަޝްރޫއުތަކަށް މިނިސްޓްރީން ދީފައިވާ ހުއްދަތަކާއި އެއްގޮތަށް ޑިވެލޮޕަރުން ހުށަހަޅަންޖެހޭ ޕްރޮގްރެސް ރިޕޯޓްގެ ކަންކަން އިވެލުއޭޓްކޮށް އަދި ރިކޯޑް ބެލެހެއްޓުން ފަދަ އެންމެހާ ކަންކަންކުރުން. 5- ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގައި ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫއުތަކާއި ފެންވަރު މަތިކުރުމުގެ މަޝްރޫއުތަކަށް ދެމުންގެންދާ އިމްޕޯރޓް ޑިއުޓީއާއި ގުޅުންހުރި އެންމެހާ ލިޔެކިޔުންތަކާއި ހިސާބުތަކުގެ ރެކޯޑުތައް ބެލެހެއްޓުން ފަދަ އެންމެހާ ކަންކަންކުރުން. 6- ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދީފައިވާ ތަންތަނުގެ ބިމުގެ ބޮޑުމިން ދެނެގަތުމަށް މިނިސްޓްރީއަށް ހުށަހަޅާ ރިޕޯޓްތައް ކަމާއި ބެހޭ އިދާރާތަކަށް ފޮނުވުމާއި އަދި ރިޕޯޓާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ރާވާ ހިސާބުތަކާއި ރެކޯޑުތައް ބެލެހެއްޓުން. 7- ސެކްޝަނަށް އަންނަ ސިޓީ / އީ-މެއިލް ފަދަ އެންމެހާ ލިޔެކިޔުންތަކަށް ސުޕަވައިޒަރުގެ އިރުޝާދުގެ މަތީން ޖަވާބުދިނުން. 8- ސްޓްރެޓެޖިކް އެކްޝަން ޕްލޭން ގައި ބަޔާން ކުރެވިފައިވާ ސެކްޝަނާއި ގުޅުންހުރި މަސައްކަތްތައް ތަންފީޒްކުރުމުގައި ކުރަންޖެހޭ އެންމެހައި ކަންކަން ސުޕަވައިޒަރުގެ އިރުޝާދުގެ މަތީންކުރުން. 9- ސެކްޝަންގެ ބަޖެޓް އަދި އަހަރު ރިޕޯޓް ތައްޔާރުކުރުމުގައި އެހީތެރިވެދިނުން. 10- ސެކްޟަންގެ މަސައްކަތާއިގުޅިގެން ހަވާލުކުރެވޭ އެންމެހާ މަސައްކަތްތައް ކުރުން. |
މަޤާމުގެ ޝަރުޠުތައް: |
މަޤާމުގެ މަސައްކަތާ ގުޅޭ ތައުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ބެޗްލާރސް ޑިގްރީއެއް ނުވަތަ ބެޗްލާރސް އޮނަރސް ޑިގްރީއެއް ޙާޞިލްކޮށްފައިވުން. |
މަޤާމުގެ ތަޢުލީމީ ރޮނގުތައް:
މަޤާމުގެ ޕްރިފަރޑް ޑިސިޕްލިން:
މަޤާމުގެ ކޯ ޑިސިޕްލިން:
|
|
މަޤާމުގެ މަސައްކަތުގެ ދާއިރާތައް:
|
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. 6.މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ: (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) (ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް". |
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ތިންވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ. |
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 1 ޑިސެންބަރު 2024 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން، އީ-މެއިލް މެދުވެރިކޮށް [email protected] އަށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. ނޯޓް: އެޕްލިކޭޝަން އާއިއެކު ހުށަހަޅާ ހުރިހާ ޑޮކިއުމަންޓެއް އެއްފައިލް އަކަށް ޕީ.ޑީ.އެފް ކުރުމަށްފަހު މެއިލް ކުރައްވާއިރު މެއިލްގެ ސަބްޖެކްޓްގެ ގޮތުގައި މަޤާމުގެ ނަން ޖެއްސެވުން އެދެމެވެ. |
ޝޯޓްލިސްޓުކުރުން: |
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ. |
އިންޓަރވިއު އާއި އިމްތިޙާނާއި އޮންނާނެ ތަނާއި، މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އާއި އިމްތިހާނު އޮންނާނީ 1 ޑިސެންބަރު 2024 އާއި 31 ޑިސެންބަރު 2024 އާއި ދެމެދު މިނިސްޓްރީ އޮފް ޓޫރިޒަމްގައެވެ. އަދި މިމުއްދަތުގެ ތެރޭގައި އިންޓަރވިއު ނުބޭއްވޭނަމަ ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އިންޓަރވިއު ކުރަންޖެހޭ ފަރާތްތަކަށް މުއްދަތު ހަމަވުމުގެ ކުރިން އެކަން އެންގޭނެއެވެ. |
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން |
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3022226 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ. |