ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)412/412/2024/72
ޕަބްލިޝްކުރި ތާރީޚް: 20 ނޮވެންބަރު 2024
ޕަބްލިޝްކުރި ގަޑި: 09:03
ސުންގަޑި: 27 ނޮވެންބަރު 2024 23:59
ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހިނގާ ބިނގާވެ އުޅޭ މީހުންނަށާއި، މަގުތަކުގައި ދުއްވާ މީހުންނަށް ދަތިވާ ގޮތަށް ހުރި ގަސްތައް ކޮށުމާއި ބެހޭ

ހިނގާ ބިނގާވެ އުޅޭ މީހުންނަށާއި، މަގުތަކުގައި ދުއްވާ މީހުންނަށް ދަތިވާ ގޮތަށް ހުރި ގަސްތައް ކޮށުމާއި ބެހޭ:

ރަށުގެ ބައެއް ގެތަކުގައި އިންދާފައިވާ ގަސްތައް ކޮށައި، ނުބެލެހެއްޓުމުގެ ސަބަބުން ގަސްގަހުގެ ގޮފިތައް މަގުތަކަށް އައިސް މަގުން ހިނގާ ބިނގާވެ އުޅޭ މީހުންނަށާއި، އެއްގަމު އުޅަނދު ދުއްވާ މީހުންނަށް އެކަމުގެ އުނދަގޫ ފޯރަމުންދާ ކަން ވަނީ ފާހަގަ ކުރެވިފައެވެ. އަދި މީގެ އިތުރުން ރަށުގެ މަގުތައް ދިއްލުމަށް ޖަހާފައިވާ މަގު ބައްތިތަކަށް ދަތިވާ ގޮތަށްވެސް ބައެއް ގެތަކުގައި ގަސްތައް އިންދާފައި ހުރި ކަން ވަނީ ފާހަގަ ކުރެވިފައެވެ.

ވީމާ، ރަށުގެ ގެތަކުގައި އިންދާފައި ހުރި ގަސްތަކުގެ ތެރެއިން މަގުތަކުން ހިނގާ ބިނގާވެ އުޅޭ މީހުންނަށާއި، އެއްގަމު އުޅަނދު ދުއްވާ މީހުންނަށް ދަތިވާ ގަސްތަކާއި، މަގުތައް ދިއްލުމަށް ޖަހާފައިވާ މަގުބައްތި ތަކުގެ އަލި މަގަށް އެޅުމަށް ހުރަސް އެޅޭ ގޮތަށް ހުރި ގަސްތަކުގެ 15 ފޫޓަށް ވުރެ ތިރީގައި ހުރި ގޮފިތައް ކޮށުމަށް މިއަދުން ފެށިގެން 1 ހަފްތާގެ މުއްދަތެއް ދީ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. އަދި  މި މުއްދަތުގައި މި އެންގުމާއި އެއްގޮތަށް ޢަމަލު ނުކޮށްފިނަމަ އިތުރު އެންގުމަކާއި ނުލައި އެފަދަ ގަސްތައް ކޮށުމުގެ މަސައްކަތް ކައުންސިލްގެ މުނިސިޕަލް ޓީމުން ކުރިއަށް ގެންދާނެ ކަމުގައި ދެންނެވީމެވެ.

20 ނޮވެންބަރު 2024