ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)430-DBA-B/1/2015/16
ޕަބްލިޝްކުރި ތާރީޚް: 01 ޖުލައި 2015
ޕަބްލިޝްކުރި ގަޑި: 11:46
ސުންގަޑި: 09 ޖުލައި 2015 12:00
ދިވެހިބަހުގެ އެކެޑަމީ
ދިވެހިރާއްޖެ
ދަފްތަރެއް އެކުލަވައިލަން ބޭނުންވެއެވެ.

އިޢުލާނު

މި އެކެޑަމީގެ އަދަބީ ކަލަންޑަރުގައި ކަނޑައަޅައިފައިވާ ތަފާތު އަދަބީ މުބާރާތްތަކަށް އިންސާފުކޮށްދެއްވާނެ ފަނޑިޔާރުންގެ ދަފްތަރަކާއި ބަހާއި ތާރީޚާއި ޘަޤާފަތާއި ގުޅޭގޮތުން ހިންގާ ޕުރޮގުރާމުތަކާއި ކުރުމުއްދަތުގެ ކޯސްތަކުގައި ކިޔަވައިދެއްވާނެ މުދައްރިސުންގެ ދަފްތަރެއް މި އެކެޑަމީން އެކުލަވައިލަން ބޭނުންވެއެވެ.

ވީމާ، ޝައުޤުވެރިވާ ފަރާތްތަކުން މިކަމަށް އެދޭ ފޯމާއި ވަނަވަރު ހުށަހަޅާނީ 2015 ޖުލައި 9 ވަނަ ދުވަހުގެ 12:00 ގެ ކުރިން މި އެކެޑަމީ (ހ. ސޯސަންގެ) އަށެވެ. ފޯމާއި މަޢުލޫމާތު ކަރުދާސް މި އެކެޑަމީގެ ކައުންޓަރުންނާއި ވެބްސައިޓުން (www.dhivehiacademy.edu.mv) މިހާރު ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ހޯދުމަށް މި އެކެޑަމީގެ ނަންބަރު 3345285 ނުވަތަ 7772816 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. 

01 ޖުލައި 2015