ދިވެހިރާއްޖެ
ނަމްބަރ: (IUL)413/413/2024/45
އިއުލާން
ގއ. ބިހުރެހާއިން ދަނޑުބިން ދޫކުރުމާއިބެހޭ:
މިކައުންސިލްގެ އިޙްތިސާގެ ތެރޭގައިވާ ގއ. ބިހުރެހާއިން ދަނޑުބިން ދޫކުރުމަށް މިކައުންސިލުން ވަނީ ނިންމާފައެވެ. އެގޮތުން ދޫކުރެވޭ ދަނޑުބިމުގައި ކުރެވޭނީ " ބިހުރެހާއިން ދަނޑުބިން ދޫކުރުމުގެ އުސޫލު" ގައި ވާ 4 ބާވަތުގެ ދަނޑުވެރިކަން އެކަންޏެވެ.
ވީމާ، ބިހުރެހާގައި ދަނޑުވެރިކަން ކުރުމަށް ދަނޑުބިމަށް އެދޭފަރާތްތަކުން 28 ނޮވެމްބަރ 2024 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެކުރިން މިއިދާރާއިން ދަނޑުބިމަށްއެދޭ ފޯމް ނަންގަވާ ފުރިހަމަކުރެއްވުމަށްފަހު ހުށަހެޅުއްވުން އެދެމެވެ.
މި އިޢުލާނާ އެކު "ގއ. ބިހުރެހާއިން ދަނދަޑުބިން ދޫކުރުމުގެ އުސޫލް" ގެޒެޓްގައި ޝާއިޢު ކުރެވިފައި ވާނެއެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމައްޓަކާ އިޢުލާން ކުރީމެވެ.
19 ނޮވެމްބަރ 2024
ފާތިމަތު ސަމިއްޔަތު
ކައުންސިލްގެ ނާއިބުރައީސް