ދިވެހިރާއްޖެ
ނަންބަރު: Q3C-A/2024/09
އިޢުލާން
(2023-Q3C-CIV-10 ކޯޓަށް ޙާޟިރުވުމަށް އެންގުން (ޤަޟިއްޔާ ނަމްބަރ
ގދ.ނަޑެއްލާ / ހަރުލާގެ ޢިމްރާން އިބްރާހީމް (އައިޑީކާޑް ނަމްބަރ A111996) ގެ މައްޗަށް ދިވެހިރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑް ކޮމްޕެނީއިން ދަޢުވާ ކޮށްފައިވާ މިކޯޓުގެ ނަމްބަރު 2023-ކިޔު3ސީ-ސީއައިވީ-10 ޤަޟިއްޔާއިން ހުށަހެޅިފައިވާ މައްސަލައާއި ގުޅިގެން، ގދ.ނަޑެއްލާ / ހަރުލާގެ ޢިމްރާން އިބްރާހީމްއަށް ދަޢުވާ ފޯމާއި ލިޔެކިޔުންތައް އަދި ފޯމް ސެޓް ރައްދު ކުރުމަށް ބޭނުންވެއެވެ.
ވީމާ، ޤާނޫނު ނަމްބަރު 32/2021 "މަދަނީ އިޖުރާއަތުގެ ޤާނޫނު" ގެ 101 ވަނަ މާއްދާގެ (ހ) އަދި (ށ) ގައި ބަޔާންކުރާ ލިޔުންތަކާއި ޙަވާލު ވުމަށް 19 ޑިސެމްބަރ 2024 ވަނަ ދުވަހުގެ 11:30 އަށް ގދ.ނަޑެއްލާ މެޖިސްޓްރޭޓް ކޯޓަށް ޙާޟިރުވުމަށް ގދ.ނަޑެއްލާ / ހަރުލާގެ ޢިމްރާން އިބްރާހީމްއަށް އަންގަމެވެ.
މި އިޢުލާނުގައިވާ ގޮތުގެމަތިން ގދ.ނަޑެއްލާ / ހަރުލާގެ ޢިމްރާން އިބްރާހީމް ޙާޟިރު ވެފައިނުވާނަމަ، ޢިމްރާން އިބްރާހީމްގެ ޣައިރު ޙާޟިރުގައި މައްސަލަ ހިންގައި ނިންމާނެކަން އަންގަމެވެ.
17 ޖުމާދަލްއޫލާ 1446
19 ނޮވެމްބަރ 2024