ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)278/278/2024/47
ޕަބްލިޝްކުރި ތާރީޚް: 19 ނޮވެންބަރު 2024
ޕަބްލިޝްކުރި ގަޑި: 14:16
ސުންގަޑި: 27 ނޮވެންބަރު 2024 14:00
މިލަދުންމަޑުލު އުތުރުބުރީ ނަރުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1446 ވަނަ އަހަރު ރަމަޟާން މަހަށް ކަރާ ހެއްދުމަށް ދަނޑު ދޫކުރުން

1446 ވަނަ އަހަރު ރަމަޟާންމަހަށް ކަރާ އަދި ކިޔުކަންބާފަދަ ބާވަތްތައް ހެއްދުމަށް މިރަށުން ދަނޑު ނަންގަވަން ބޭނުންފުޅުވާ ފަރާތްތަކަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިއަހަރުވެސް ދަނޑު ދިނުމަށް ހަމަޖެހިފައިވަނީ "ދަނޑުވެރިކަމަށް ބިން ދޫކުރުމުގެ އުޞޫލު" ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މިރަށުގެ މީހުން ދިރިއުޅޭ ގޭގެއަށެވެ. ދަނޑަށް އެދެވޭނީ އެގެއެއްގެ ރަޖިސްޓަރީގައި ހިމެނޭ ނުވަތަ އެގެއެއްގައި ދިރިއުޅޭ 18 އަހަރުން މަތީގެ ފަރާތަކަށެވެ. އެއްފަރާތަކަށް 1 ދަނޑަށްވުރެ ގިނަ ދަނޑު ނުނެގޭނެއެވެ. ދެ ގެ ނުވަތަ ދެ ގެއަށްވުރެ ގިނަ ގޭގެ އެއްކޮށް ދަނޑު ހައްދާނަމަ، ކުރީއަހަރުތަކެކޭ އެއްފަދައިން މިއަހަރުވެސް އެއްކޮށް ދަނޑުނެގުމުގެ ފުރުޞަތު އޮންނާނެއެވެ. ދަނޑު ލިބޭ ފަރާތްތަކުން "ދަނޑުވެރިކަމަށް ބިން ދޫކުރުމުގެ އުޞޫލު" ގެ ދަށުން ދަނޑު ބޭނުންކުރުމުގައި އުފުލަންޖެހޭ ޒިންމާތައް ނަންގަވަން ވާނެއެވެ.     

އެހެންކަމުން މިއަހަރު ރޯދައަށް ދަނޑު ނަންގަވަން ބޭނުންފުޅުވާ ފަރާތްތަކުން މިއިދާރާއިން އެކަމަށް އެދޭ ފޯމު ނަންގަވާ ފުރިހަމަކުރެއްވުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ ތަކެއްޗާއެކު 27 ނޮވެންބަރު 2024 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ފޯމު ހުށަހެޅުމަށް ދަންނަވަމެވެ. 

ވީމާ، މިކަން ޢާއްމުކޮ އަންގައި އިޢުލާން ކުރަމެވެ.

19 ނޮވެންބަރު 2024