ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)23-PD(PMS)/23/2024/324
ޕަބްލިޝްކުރި ތާރީޚް: 19 ނޮވެންބަރު 2024
ޕަބްލިޝްކުރި ގަޑި: 13:59
ސުންގަޑި: 28 ނޮވެންބަރު 2024 13:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މިނިސްޓްރީން ދޭމައުލޫމާތާއި އެއްގޮތަށް ކ.މާފުށީ ހޮސްޕިޓަލާއި، ކ ކާށިދޫ ޞިއްޙީމަރުކަޒުގައި ފިޒިއޮތެރަޕީގެ ޚިދުމަތް ދިނުމަށް ބޭނުންކުރާ ސާމާނު ސަޕްލައިކޮށް އިންސްޓޯލްކޮށް ތަމްރީނު ދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

 

އިޢުލާން

 

މިނިސްޓްރީން ދޭމައުލޫމާތާއި އެއްގޮތަށް ކ.މާފުށީ ހޮސްޕިޓަލާއި، ކ ކާށިދޫ ޞިއްޙީމަރުކަޒުގައި ފިޒިއޮތެރަޕީގެ ޚިދުމަތް ދިނުމަށް ބޭނުންކުރާ ސާމާނު ސަޕްލައިކޮށް އިންސްޓޯލްކޮށް ތަމްރީނު ދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު (IUL)23-PD(PMS)/23/2024/292 (16 އޮކްޓޯބަރ 2024) އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހަޅާފައިވަނީ އެންމެ ފަރާތެއް ކަމަށްވެފައި އެފަރާތުގެ  އަންދާސީ ހިސާބުގެ ޝަރުތު ހަމަނުވާތީ މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 19 ނޮވެމްބަރ 2024 ވާ އަންގާރަ ދުވަހުން ފެށިގެން 28 ނޮވެމްބަރ 2024 ވާ  ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 17 ޑިސެމްބަރ 2024 އަންގާރަދުވަހުގެ ހެނދުނު 11:30 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 1 ޑިސެމްބަރ 2024 ވާ އާދިއްތަ ދުވަހު ހެނދުނު 12:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި  އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

 17 ޖުމާދަލްއޫލާ 1446ހ.

 

19 ނޮވެންބަރު 2024