މަސައްކަތް
ނަންބަރު: (IUL)14-A3/1/2015/ 57
ޕަބްލިޝްކުރި ތާރީޚް: 01 ޖުލައި 2015
ޕަބްލިޝްކުރި ގަޑި: 11:20
ސުންގަޑި: 09 ޖުލައި 2015 11:30
މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
ކަސްޓަމްސް ކެފެޓީރިއާ މަރާމާތު ކުރުމަށް

އިޢުލާން

މި އޮފީހުން ދޭ މަޢުލޫމާތާ އެއްގޮތަށް ކަސްޓަމްސް ޢިމާރާތުގައި ހުރި ކަސްޓަމްސް ކެފެޓީރިއާ މަރާމާތު ކުރުމަށް ބޭނުންވެގެން ކުރި ނަންބަރު (IUL)14-A3/1/2015/52 އިޢުލާނަށް ދީފައިވާ މަޢުލޫމާތަށް ބައެއް ބަދަލުގެނެވިފައިވާތީ، އެ އިޢުލާނު ބާޠިލުކޮށް އަލުން އިޢުލާނު ކުރަމެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 09 ޖުލައި 2015 ވާ ބުރާސްފަތި ދުވަހުގެ 11:30 އަށް ކަސްޓަމްސްގެ ހެޑްއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 14 ޖުލައި 2015 ވާ އަންގާރަ ދުވަހުގެ 11:30 އަށް ކަސްޓަމްސް ހެޑްއޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރުން އޮންނަ ދުވަހުގެ ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރާ ފަރާތްތަކަށެވެ.

14 ރަމަޟާން 1436

01 ޖުލައި 2015