ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)252/252/2024/113
ޕަބްލިޝްކުރި ތާރީޚް: 19 ނޮވެންބަރު 2024
ޕަބްލިޝްކުރި ގަޑި: 12:47
ސުންގަޑި: 28 ނޮވެންބަރު 2024 13:05
ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ.ފިއްލަދޫ ކައުންސިލަށް ވިނަކޮށާ މެޝިނެއް ފޯރުކޮށްދޭނެ ފަރާތެއް ހޯދުން

ނަމްބަރ:(IUL)252/252/2024/113

ޢިއުލާން

މިކައުންސިލުންދޭ މައުލޫމާތާ އެއްގޮތަށް މިކައުންސިލަށް ވިނަކޮށާ މެޝިނެއް ހޯދައިދޭނެ ފަރާތެއް ބޭނުންވެއްޖެ

                   މިކައުންސިލުންދޭ ސުޕެސިފިކޭޝަންތަކާއި އެއްގޮތަށް ވިނަކޮށާ މެޝިނެއްހޯދައިދީ ފުރިހަމަ ކުރަންޖެހޭ އެންމެހާ އިދާރީކަންކަން ފުރިހަމަ ކުރުމަށްފަހު މިކައުންސިލަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

                ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރައްވަވާ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ބީލަން ހުށަހެޅުއްވުމަށް ދެންނެވީމެވެ. މިމަސައްކަތްކުރުމަށް ބީލަން ހުށަހެޅޭނީ، ޤާނޫނު ނަމްބަރ: 18/2014 (ދިވެހިރާއްޖޭގައި ވިޔަފާރި ރަޖިސްޓްރީކުރުމާބެހޭ ޤާނޫނު) ގެދަށުން މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވޮލަޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނި ތަކަށާއި، ޕާރޓްނަރޝިޕް ތަކަށާއި، ޤާނޫނު ނަމްބަރ: 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރިއާބެހޭ ޤާނޫނު) ގެދަށުން މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވޮލަޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރި ތަކަށެވެ.

                 ބީލަން ހުށަހެޅުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ރަޖިސްޓްރީވުމަށް އެދޭ ގޫގުލް ފޯމް ފުރުއްވުމަށްފަހު ހުށަހެޅުއްވުން އެދެމެވެ. ރަޖިސްޓްރީ ކުރައްވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރެވުނުކަން ކަށަވަރު ކުރުމަކީ އެފަރާތުގެ ޒިންމާއެކެވެ.

ގޫގުލްފޯމްލިންކް:  https://docs.google.com/forms/d/e/1FAIpQLScIOx88KkyLziHzF329JmsRUjG8XK7WHxG4NhIh3aYjIguvng/viewform?usp=pp_url

 

 

ބީލަން ރަޖިސްޓްރީ ކުރުން

 26 ނޮވެމްބަރ 2024 ވަނަ ދުވަހުގެ 14:00 ގެކުރިން

ޕްރީ- ބިޑް ބައްދަލުވުން

ބޭއްވުމަށް ހަމަޖެހިފައެއް ނުވޭ

ބީލަން ބަލައިގަތުން

 28 ނޮވެމްބަރ 2024 ވަނަ ދުވަހުގެ 13:00 ގެކުރިން

ބީލަންތައް ހުޅުވުން

 28 ނޮވެމްބަރ 2024 ވަނަދުވަހުގެ 13:05ގައި ހއ. ފިއްލަދޫ ކައުންސިލް އިދާރާގައި

 

                ބީލަން ހުށަހެޅުމަށާއި ބީލަން ހުޅުވާ ގަޑިއަށް ބަދަލުގައި މީހަކު ފޮނުވާނަމަ ބަދަލުގައި ފޮނުވި މީހެއްކަން އެނގޭނެ ލިޔުމެއް ހުށަހަޅަން ވާނެއެވެ. ބީލަން ހުޅުވުން އޮންނާނީ ބީލަން ހުށަހަޅާ ފަރާތްތަކުގެ އެއް ޚާޟިރުގައެވެ. ބީލަން ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން މިއިދާރާގެ ނަމްބަރ: 6500023 އަށް ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

 

                     މިހެންވެ މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

                              17 ޖުމާދަލްއޫލާ 1446ހ

                              19 ނޮވެމްބަރ 2024މ

19 ނޮވެންބަރު 2024