ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)309-AHI/309/2024/148
ޕަބްލިޝްކުރި ތާރީޚް: 19 ނޮވެންބަރު 2024
ޕަބްލިޝްކުރި ގަޑި: 11:43
މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތްތެރިކަމުގެ މަޢުރަޟެއް ބޭއްވުމާއިގުޅޭ

     މިރަށަކީ ތަފާތު މަސައްކަތްތެރިން ގިނަ ރަށަކަށްވެފައި ޚާއްޞަކޮށް މުޅިރާއްޖެއިން ވެސް ވަޑާމުގެ ރޮނގުން މަޝްހޫރު ރަށަކަށް ވާހިނދު މަސައްކަތްތެރިންގެ މަސައްކަތް އެއްތާކުން ފެނި ރަށުގެ މަސައްކަތްތެރިކަމާއި، ސަގާފަތް ދައްކާލުމާއި، ރަށުގެ ނަން ދިރުވާ އާލާކޮށް އާމްދަނީ ލިބޭނެ ފަހި ފުރުޞަތުތައް ރައްޔިތުންނަށް ތަނަވަސް ކޮށްދިނުމުގެ ބޭނުމުގައި ފަތުރުވެރިންނަށް ޚާއްޞަކޮށް މަޢުރަޒެއް 14 ޑިސެންބަރު 2024 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މަޢުރަޒުގައި އެހާރާ މިހާރުގެ މަސައްކަތްތެރިކަމަށް ބޭނުންކުރި ސާމާނާއި، ދިވެހިންގެ ސަގާފީ ރަހަތަކާއި، ދިވެހި އުފެއްދުންތައް ހިމެނޭ ކާބޯތަކެތި ތައްޔާރުކޮށް ބެހެއްޓުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި މަޢުރަޟުގައި ބަހައްޓާ ތަކެތި ވިއްކައިގެން ލިބޭ ފައިސާ ޙަވާލުކުރުމަށް ހަމަޖެހިފައިވަނީ އެތަކެތީގެ ވެރިފަރާތަށެވެ. މަޢުރަޟުގައި ތަކެތި ބައިވެރިކުރުމަށް ބޭނުންވާ ފަރާތްތަކުން 1 ޑިސެންބަރު 2024 ވާ އާދީއްތަ ދުވަހުގެ މެންދުރު ފަހު 14:00 ގެކުރިން މިއިދާރާގައި ނަންނޯޓް ކޮށްދެއްވުން އެދެމެވެ. މިފަދަ އެންމެހާ ކަންކަމުގައި ތިޔަ ލޮބުވެތި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެހީތެރިކަމާއި އެއްބާރު ލެއްވުމަށްޓަކައި އިޚުލާޞްތެރިކަމާއި އެކު ޝުކުރު ދެންނެވީމެވެ.

     މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

19 ނޮވެންބަރު 2024