ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)330-B/330/2024/88
ޕަބްލިޝްކުރި ތާރީޚް: 18 ނޮވެންބަރު 2024
ޕަބްލިޝްކުރި ގަޑި: 09:09
ސުންގަޑި:
26 ނޮވެންބަރު 2024 13:00
މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ބައިވެރިކުރުމަށް ހަމަޖެހިފައިވާ ކާށިދޫގެ ޓީމަށް ކުޅުންތެރިން ހޯދުން
ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ ފަރާތުން 2025 ވަނަ އަހަރު ބާއްވާ "ގޯލްޑަން ފުޓްސަލް ޗެލެންޖް 2025" ފުޓްސަލް މުބާރާތުގައި ކާށިދޫ ކައުންސިލްގެ ފަރާތުން "ޓީމް ކާށިދޫ" ގެނަމުގައި ފުޓްސަލް ޓީމެއް ބައިވެރިކުރުމަށް ވަނީ ހަމަޖެހިފައެވެ. އެހެންކަމުން "ޓީމް ކާށިދޫ" އަށް ކުޅެން ބޭނުންވާ ކުޅުންތެރިންނަށް ނަން ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.
ވީމާ "ޓީމް ކާށިދޫ" އަށް ކުޅެން ޝައުޤުވެރިވާ ކުޅުންތެރިން، ޓީމުގައި ބައިވެރިވާން އެދޭ ފަރާތެއް ކަން ބަޔާންކޮށް 2024 ނޮވެންބަރު 26 ވަނަ ދުވަހުގެ 13:00 ގެ ކުރިން އައިޑީ ކާޑުގެ ކޮޕީއެއް މިއިދާރާގެ ނަންބަރު 7243556 އަށް ވައިބަރ ކުރެއްވުން އެދެމެވެ. ޝައުޤުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ޓީމަށް ކުޅުންތެރިން ނަގާނީ ކޯޗުގެ އިރުޝާދުގެ ދަށުން ޓީމުގެ މެނޭޖްމަންޓުންނެވެ.
18 ނޮވެންބަރު 2024