ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)296/296/2024/62
ޕަބްލިޝްކުރި ތާރީޚް: 18 ނޮވެންބަރު 2024
ޕަބްލިޝްކުރި ގަޑި: 14:57
ސުންގަޑި: 27 ނޮވެންބަރު 2024 13:00
މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިސްކިތް ވޭޖް ޕޫލްގައި ރަޖިސްޓްރީ ވުމުގެ ފުރުޞަތު

މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫ މަސްޖިދުއް ނަޞްރުގައި، ސަޕޯޓް ސްޓާފުންގެ ގޮތުގައި މަސައްކަތްކުރާ މުވައްޒަފަކަށް ދިމާވާ ޙާލަތަކާ ގުޅިގެން (ވަކިވުން، ޕޭލީ ވް، ނޯޕޭ ލީވް، އަހަރީ ޗުއްޓީ، އާއިލީ ޒިންމާ ޗުއްޓީ، ސަލާމް ޗުއްޓީ) މަސައްކަތަށް ނުނިކުމެވޭ ގޮތް މެދުވެރި ވެއްޖެ ހިނދެއްގައި ވަގުތީގޮތުން އެ މަޤާމުތަކުގެ މަސައްކަތް ކުރުމަށް 01 އަހަރު ދުވަހުގެ މުއްދަތަށް އެކުލަވާލެވޭ ވޭޖް ފޫލްގައި ރަޖިސްޓްރީވުމުގެ ފުރުޞަތު ޝައުޤުވެރިވާ ފަރާތްތަކަށް އާއްމުކޮށް ހުޅުވާލަމެވެ.

     

މަޤާމް

އިމާމް / މުދިމް

ބޭނުންވާ ޢަދަދު

02

މަޤާމުގެ ބާވަތާއި މުއްދަތު:

ވޭޖް އެމްޕްލޯއިމަނޓް އުސޫލުން 01 އަހަރު ދުވަހުގެ މުއްދަތަށް

ވާޒީފާ އަދާ ކުރަންޖެހޭ ތަން:

ފޮއްދޫ މަސްޖިދުއް ނަޞްރު

މުސާރަ:

އިމާމް - މަސައްކަތް ކުރާ ގަޑިއަކަށް -/61 ރުފިޔާ

މުދިމް - މަސައްކަތް ކުރާ ގަޑިއަކަށް -/53 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ގަޑިގެ

އަދަދު:

ދުވާލަކު 5 ގަޑިއިރު، ހަފްތާއަކު 7 ދުވަހު

މަޤާމުގެ ޝަރުތު:

އިމާމް – އިމާމު ކަމުގެ ކޯސް ހަދާފައިވުން ނުވަތަ ދީނީ ދާއިރާއަކުން ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުން

މުދިމް – ޤުރުޢާން ރީއްޗަށް ކިޔަވަން އެނގުން، ބަންގި ގޮވުމާއި ނަމާދު ކުރަން އެނގޭ ފަރާތަކަށްވުން

މަޤާމުގެ މަސްޢޫލިއްޔަތު:

  1. ކޮންމެ ނަމާދުވަގުތަކަށް މިސްކިތަށްގޮސް، މިސްކިތުގެ ކަންތައްތައް ބަލައި،ރަނގަޅުކުރަން ހުރި ކަމެއް ރަނގަޅު ކުރުމާއެކު، ފަރުޟު ފަސް ނަމާދު ވަގުތުގައި ބަންގި ގޮވައި، އިމާމުވެ ނަމާދުކުރުން.
  2. މިސްކިތަށް ލިބެމުންދާ ގެއްލުންތަކާއި، މިސްކިތަށް ދަތިވާ ކޮންމެކަމެއް ކައުންސިލުގެ އިދާރާއަށް އަންގައި، އެކަން ރަނގަޅު ކުރެވޭތޯ ބެލުން.
  3. ފޮއްދޫ މަސްޖިދުއް ނަޞުރުގައި ބަންގި ގޮވައި އިމާމުވެ ފަރުޟު ފަސްނަމާދު ކުރުން.
  4. ކައުންސިލުގެ އިދާރާއިން އަންގައިފި ހިނދެއްގައި، ހަމަޖެހިފައިވާ އުޞޫލުތަކާއި އެއްގޮތްވާ ގޮތެއްގެމަތިން ކަށުނަމާދު ކުރުމާއި، މަރުވާ މީހުންގެ ކަށުކަމާކެމީގެ ކަންތައްތައް ކުރުމުގައި އެހީތެރިވުން.
  5. ކައުންސިލުގެ އިދާރާއިން އަންގައިފި ހިނދެއްގައި، މިސްކިތުގައި ކުރާ ކޭތަނަމާދާއި، ހުކުރުނަމާދާއި ތަރާވީޙު ނަމާދާއި ޢީދުނަމާދަށް މިސްކިތައް ހާޒިރުވެ އެކަންކަމަށް މިސްކިތް  ތައްޔާރުކުރުން.
  6. މިސްކިތްތަކުގައި ދީނީ ދަރުސް ދިނުންފަދަ ޕްރޮގްރާމްތައް ހިންގާނަމަ، އެފަދަޕްރޮގްރާމްތަކަށް ބޭނުންވާ އެހީތެރިކަން ދިނުމާއި، އެކަން ނިމެންދެން މިސްކިތުގައި މަޑުކުރުން.
  7. މިސްކިތުގެ މަސައްކަތު މީހުންގެ އެންމެހައި މަސައްކަތްތައް، އިދާރާއިން ރާވާ އުޞޫލެއްގެ މަތިން ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ކުރުވުމާއި، އެކަންކަން ހިނގާ ނުހިނގާގޮތް ބެލުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ވޭޖް ޕޫލް ގައި ރަޖިސްޓްރީވުމަށް އެދު ހުށައަޅާ ސިޓީ.
  2. މުއްދަތު ހަމަނުވާ އައި.ޑީ ކާޑު ކޮޕީ
  3. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 27 ނޮވެމްބަރ 2024 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން، ނ.ފޮއްދޫ ކައުންސިލް އިދާރާއަށެވެ. ވަޒީފާއަށް އެދޭ ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

 

      މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6560016   އަށް ނުވަތަ 9410016 އަށެވެ. އީމެއިލް ކުރާނީ [email protected] އަށެވެ.

                  މިހެންވެ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

                               18 ނޮވެމްބަރ 2024

 

18 ނޮވެންބަރު 2024