ދިވެހިރާއްޖެ
އިޢުލާން
(2 ވަނަ އިޢުލާން)
ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުން
2025 ވަނަ އަހަރު މިސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމަށް ކުރެވުނު (GS-107/IUL/2024/15)އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ބީލަމުގައި ރަޖިސްޓަރ ކޮށްފައިނުވާތީ، އެއިޢުލާން ބާތިލްކޮށް އަލުން ސެކިއުރިޓީ ބަލަހައްޓައިދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރ: 2014/18 ) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރ: 2014/19 ) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
ބީލަމުގައި ބައިވެރިވާން ޝައުޤުވެރިވާ ފަރާތްތަކަށް ސުކޫލްގެ އޮފީހަށް ވަޑައިގެން ބިޑުރަޖިސްޓްރީ ކުރުމުގެ ފުރުޞަތު 18 ނޮވެމްބަރ 2024 އިން 24 ނޮވެމްބަރ 2024 ގެ ނިޔަލަށް ރަސްމީބަންދުނޫން ކޮންމެ ދުވަހެއްގެ 09:00 އިން 12:00 އަށް ވަނީ ހުޅުވާލެވިފައެވެ.
- މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ އިތުރު ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- ބީލަމުގައި ރެޖިސްޓަރ ނުކުރައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުލިބޭނެވާހަކަ ދަންނަވަމެވެ.
މި ބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2024ނޮވެމްބަރ 24 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ އީމެއިލް އެޑްރެހަށް ސުވާލުތައް ފޮނުއްވުންއެދެމެވެ. އީމެއިލް އަށް ފޮނުވާ ސުވާލުތަކާ ގުޅިގެން ސާފުކޮށްދޭންޖެހޭ ކަންކަން އެ ފަރާތްތަކަށް ސާފުކޮށްދެވޭނެއެވެ.
މިބީލަމާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2024 ނޮވެމްބަރ 25 ވާ ހޯމަ ދުވަހުގެ 10:00 ގައި ފޯކައިދޫ ސްކޫލް ގައެވެ.
ބިޑު ހުށަހެޅުމާއި ބިޑުހުޅުވުން އޮންނާނީ 2024ނޮވެމްބަރ 26 ވާ އަންގާރަ ދުވަހުގެ 10:00 ގައި ފޯކައިދޫ ސްކޫލް އޮފީހުގައެވެ.
އީމެއިލް:[email protected]