ނީލަން
ނަންބަރު: (IUL)468-LMS/468/2024/312
ޕަބްލިޝްކުރި ތާރީޚް: 18 ނޮވެންބަރު 2024
ޕަބްލިޝްކުރި ގަޑި: 13:09
ސުންގަޑި:
20 ނޮވެންބަރު 2024 10:00
ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ނީލަންކިޔުން
ފުވައްމުލަކު ފުނާޑު، މެރީނާގޯޅީގެ އުތުރުން "މާއު" ގޯތީގެ އިރުން އޮތް ބިމުގައި (މިހާރު މާރެސް ގޯތި ބަދަލުވެފައިވާ ބިމުގައި) ހުރި ތިރީގައި މި ދަންނަވާ ރުއްތަކުގެ ނީލަންކިޔުން 2024 ނޮވެންބަރު 20 ވާ ބުދަ ދުވަހުގެ 10:00 ގައި އެ ސަރަޙައްދުގައި އޮންނާނެއެވެ.
- ނަންބަރު 1، 2، 3، 4، 5 ޖަހާފައިވާ ދިވެހިރުއްތައް
ނީލަމުން ރުއްތައް ނަންގަވާ ފަރާތްތަކުން ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާއަށް ފައިސާ ދެއްކެވުމަށްފަހު، ރުއްތައް ނަގައި 03 ދުވަހުގެތެރޭގައި ތަން ސާފުކުރަން ވާނެއެވެ.
ވީމާ، މި ނީލަމުގައި ވީހާ ގިނަ ފަރާތްތަކުން ބައިވެރިވެ ދެއްވުމަކީ މި އިދާރާގެ ވަރަށް ބޮޑު އެދުމެކެވެ.
18 ނޮވެންބަރު 2024