ވަޒީފާގެ ފުރުޞަތު
ނަންބަރު: MNU-HR/2024/227
ޕަބްލިޝްކުރި ތާރީޚް: 18 ނޮވެންބަރު 2024
ޕަބްލިޝްކުރި ގަޑި: 12:26
ސުންގަޑި: 24 ނޮވެންބަރު 2024 12:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ލައިބްރޭރިއަން - ލައިބްރަރީ

މަޤާމް :ލައިބްރޭރިއަން - ލައިބްރަރީ
ބޭނުންވާ އަދަދު :1

މަޤާމް:                     

ލައިބްރޭރިއަން

ބޭނުންވާ އަދަދު:

1

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ލައިބްރަރީ

ވަޒީފާގެ ބާވަތް:

ދާއިމީ

ގްރޭޑް:

6

ސްޕައިން ޕޮއިންޓް:

32

މުސާރަ:

މަހަކު 9,124.50 ރ

ސަރވިސް އެލަވަންސް:

މަހަކު 3,910.50 ރ

 

އިނާޔްތައް:

  • އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ
  • ސްޕެޝަލް ޑިއުޓީ އެލަވަންސް ގެ ގޮތުގައި މުސާރައިގެ %35
  • ކޯޕަރޭޓް ހެލްތް އިންޝުއަރަންސް ސްކީމް (ޕްރޮބޭޝަން ހަމަވެ ވަޒީފާ ދާއިމީ ވުމުން)
  • ޑިޕެންޑެންޓުން (އަނބި/ފިރި އަދި ދަރިން) ހެލްތް އިންޝުއަރަންސް ސްކީމް ގައި ބައިވެރިކުރުމުގެ ފުރުސަތު (މުވައްޒަފު ޚަރަދުކުރާގޮތަށް)
  • ސްޓާފް ޖިމް ފެސިލިޓީ
  • ލައިބްރަރީ މެމްބަޝިޕް

މަގާމުގެ ޝަރުތު:

  • މަސައްކަތުގެ ދާއިރާއިން އެމް.އެން.ކިޔު.އެފް ލެވެލް 7/8 ގެ ސެޓްފިކެޓެއް ހާސިލްކޮށްފައިވުން އަދި މަސައްކަތާ ގުޅޭ ދާއިރާއިން 2 އަހަރު ދުވަހުގެ ތަޖުރިބާ ހޯދާފައިވުން. ނުވަތަ،
  • މަސައްކަތުގެ ދާއިރާއިން އެމް.އެން.ކިޔު.އެފް ލެވެލް 5/6 ގެ ސެޓްފިކެޓެއް ހާސިލްކޮށްފައިވުން އަދި މަސައްކަތާ ގުޅޭ ދާއިރާއިން 5 އަހަރު ދުވަހުގެ ތަޖުރިބާ ހޯދާފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • ލައިބްރަރީގެ ސިޔާސަތުތައް އެކުލަވާލާ ކަނޑައެޅުމުގައި އިސްކޮށް ހަރަކާތްތެރިވުމާއި، އެ ސިޔާސަތުތައް ތަންފީޒުކުރުމުގައި ޢަމަލީގޮތުން މަސައްކަތްކުރުން.
  • ލައިބްރަރީގެ ޕްލޭންތައް ހެދުމާއި، އެޕްލޭންތަކާއި އެއްގޮތަށް އެންމެހާ ލައިބްރަރީތައް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވުމާއި، އެޕްލޭންތައް ތަންފީޒްކުރުމުގައި ދިމާވާކަންކަމަށް ހައްލު ހޯދައިދިނުމާއި މޮނިޓަރކުރުން.
  • ލައިބްރަރީގައި ކުރެވޭ އެންމެހާ ކަންތައްތަކާއި ގުޅޭ ޕްރޮސީޖަރ / އެސް.އޯ.ޕީ ފަދަ ބައިތައް ތައްޔާރުކުރުމާއި، ލައިބްރަރީ މުވައްޒަފުންނަށް މަސައްކަތާއި ގުޅޭގޮތުން އިރުޝާދާއި ތަމްރީނުދީ، ޔުނިވަރސިޓީގެ ހުރިހާ ލައިބްރަރީއެއްގައި މަސައްކަތްކުރަން އެނގޭނޭގޮތަށް އެތަންތަނަށް އަހުލުވެރިކުރުވައި، މޮނިޓަރކުރުން.
  • ލައިބްރަރީ މަސައްކަތްތަކުގެ ތެރެއިން ލައިބްރޭރިއަން ޒިންމާވާގޮތަށް ހަމަޖެއްސޭ މަސައްކަތްތައް ރޭވުމާއި، މަސައްކަތް ހިނގާގޮތްބެލުމާއި، ސީނިއަރ މެނޭޖްމަންޓް ޓީމާއި އެކު މަޝްވަރާކޮށް ހައްލުހޯދުމާއި، މަސައްކަތް މޮނިޓަރކޮށް ބެލުން.
  • ލައިބްރަރީއަށް ފޮތް ހޯދުމުގައި (ގަތުމާއި، ޑޮނޭޝަންސް) މަސައްކަތް ކުރުމާއި، އެއާއި ގުޅިގެން ކުރަންޖެހޭ އެންމެހޭކަންކަމުގައި އެހީތެރިވެ، ފޮތްލިބުމުން ޕްރޮސެސްކުރުމުގެ އިންތިޒާމް ހަމަޖެއްސުމާއި، ސާރކިޔުލޭޝަންއަށް ފޮތްތައް ނެރުމުގައި ކުރަންޖެހޭ ކަންކަން ކުރުން / ކުރުވުން.
  • ޔުނިވަރސިޓީއާއި ލައިބްރަރީ ޕްރޮމޯޓް ކުރުމުގެ ގޮތުން ކުރާކަންކަން ރޭވުމާއި، ބައިވެރިވުމާއި، އިންތިޒާމްކުރުމާއި އެކަންކަން ކާމިޔާބުކުރުމަށް ކުރަންޖެހޭ އެންމެހާކަންކަން ކުރުން.
  • ލައިބްރަރީގެ އޮންލައިން ކެޓަލޮގް އަދި ޑާޓާ ބޭސް ތައް ބެލެހެއްޓުމުގައި ބައިވެރިވެ ކުރަންޖެހޭ ކަންކަން ކުރުމާއި މިބައިތައް މުވައްޒަފުންނަށާއި ދަރިވަރުންނަށް އަންގައިދިނުމަށް ހިންގާ އިންފޮމޭޝަން ލިޓަރަސީ ސެޝަންތައް ރާވައި ހިންގުން.
  • ލައިބްރަރީ ހިންގުމުގައި ހެދޭ ޤަވާއިދުތަކާއި، އުޞޫލްތައް އަދި ތާވަލްތައްހަދާ / ހެދުމުގައި ބައިވެރިވެ،އެކަންކަން ތަންފީޒްކުރުމުގައި ދެމިހުރުން.
  • މުވައްޒަފުންނަށް ވަޒީފާ ދިނުމުގައި، އިންޑަކްޝަން ހިންގުމުގައި، އެޕްރޭސް ކުރުމުގައި އަދި ޕްރޮމޯޝަންދިނުމުގައި  ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމުގައި ބައިވެރިވެ ކުރުން.
  • މީގެ އިތުރުން ޔުނިވަރސިޓީގެ މަޤްޞަދުތައް ޙާޞިލް ކުރުމަށް ކުރާ މަސައްކަތްތަކުގައި އެހީތެރިކަންދިނުމާއި، ވެރިޔަކު ޗުއްޓީގައި ހުރުމުގެ ސަބަބުން ޙަވާލު ކުރެވޭ މަސައްކަތެއް ކުރުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:

2024 ނޮވެންބަރު 24 ވާ އާދިއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ފޯމް ލިންކް މެދުވެރިކޮށް އޮންލައިންކޮށް.

https://tinyurl.com/MNUHR-2024-227

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން އޮރިޖިނަލްތައް ކޮޕީ ވެރިފައިކުރުމަށް ހުށަހަޅަންވާނެއެވެ.
  • ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމާއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން  އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
  • ** ހުށަހަޅަންޖެހޭ ލިޔުންތައް ފޯމުގައި އެޓޭޗް ކުރައްވާނީ ޕީ.ޑީ.އެފް ފޯމެޓަށް، މަތީގައިވާ ތަރުތީބުން ހުރިހާ ލިޔުންތައް އެއް ފައިލް އަކަށް ބަދަލުކޮށްފައެވެ.

ސަމާލުކަމަށް:

  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަސްލާއެއްގޮތްކަމުގެ ތައްގަނޑު ޖަހާފައި ނުވާނަމަ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން އޮރިޖިނަލްތައް ކޮޕީ ވެރިފައިކުރުމަށް ހުށަހަޅަންވާނެއެވެ. މަގާމަށް އެދި ހުށަހަޅާއިރު އަސްލާއެއްގޮތްކަމުގެ ތައްގަނޑުޖެހުމަކީ ލާޒިމްކަމެއްނޫނެވެ.
  • ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޮލެޖް/ޔުނިވަރސިޓީ އިން ދީފައިވާ ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމަކާއި އަންއޮފިޝަލް ޓްރާންސްކްރިޕްޓް، އަދި އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
  • ވަނަވަރުގައި ބަޔާންކޮށްފައިވާ ތަޖްރިބާގެ މުއްދަތު ކަށަވަރުކޮށް ގުނައިދެވޭނީ ހުށަހަޅާފައިވާ ވަޒީފާއަދާކުރާ ކަމުގެ ނުވަތަ ކުރިކަމުގެ ލިޔުމުގައިވާ މުއްދަތުތަކަށް ބިނާކޮށްކަމުން، ހުށަހަޅާ ވަޒީފާއަދާކުރާކަމުގެ ނުވަތަ ކުރިކަމުގެ ލިޔުންތަކުގައި މި މަޢުލޫމާތު ފުރިހަމަ ނުވާނަމަ މުއްދަތު ކަށަވަރު ނުކުރެވޭނެއެވެ.
  • އިޢުލާނުގައި ހުށަހަޅަންޖެހޭނެކަމަށް ބަޔާންކޮށްފައިވާ ލިޔެކިއުންތައް ފޮނުވަންވާނީ އެޕްލިކޭޝަނާއިއެކު އެކީ އެއްފަހަރާ އެޕްލިކޭޝަން ފޮނުވުމަށް ކަނޑައަޅާފައިވާ ލިންކް މެދުވެރިކޮށެވެ.
  • ހުށަހަޅަންޖެހޭ މަޢުލޫމާތުތަކާއި ލިޔެކިއުންތައް ފުރިހަމަ ނޫން އެޕްލިކޭޝަންތައް ބާޠިލްކުރެވޭނެއެވެ.
  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ޖަވާބު ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.

އިތުރު މަޢުލޫމާތު:

  • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، ނޯޓިސް ދިނުމަކާއި ނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345144 ނަންބަރު ފޯނަށެވެ.
18 ނޮވެންބަރު 2024