ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)269/269/2024/85
ޕަބްލިޝްކުރި ތާރީޚް: 18 ނޮވެންބަރު 2024
ޕަބްލިޝްކުރި ގަޑި: 09:43
ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދަނޑުބިމުގައި ރުއް އިންދުމާއި ގުޅޭ

 

ގިނަ ފަރާތް ތަކަކުން ދަނޑުބިމުގައި ރުއް އިންދާ ހެއްދުމަށް ޝައުގުވެރިވާތީ އެކަމަށް ފުރުޞަތު ދިނުމުގެ ގޮތުން ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ދަނޑުބިމުގައި ރުއް އިންދާ ހެއްދުން އެންމެ ރަނގަޅުކަމުގައި ދެންނެވީމެވެ. އަދި މިހާރު ދަނޑުބިމުގައި ރުއް އިންދާފައިވާ ފަރާތްތަކުންވެސް ތިރީގައި އެވާގޮތާއި ހިލާފަށް ރުއް އިންދިފައިވާނަމަ އެކަން މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި ރަގަޅު ކުރެއްވުމަށް ދަންނަވަމެވެ.

މި ގޮތާއި ހިލާފަށް ދަނޑުބިމުގައި ރުއް ހައްދާ ފަރާތްތަކާއިމެދު ކަމުގެ ކުޑަ ބޮޑުމިނަށްބަލައި މި އިދާރާއިން ފިޔަވަޅު އަޅާނެ ކަމުގައި ދަންނަވަމެވެ.

 

ދަނޑުބިމުގައި ރުއް އިންދާ ހެއްދުމުގައި ސަމާލުކަން ދޭންވީ ކަންކަން

1

ދަނޑުބިމުގައި އިންދާ ހައްދަންވާނީ ކުދިކޮންހުރެ އަވަހަށް ފޯދޭ (ޑުވާފް) ރުކެވެ.

2

ދަނޑުބިމުގައި އިންދާ ރުއް ހުންނަންވާނީ ދަނޑުގެ އިމުގެ 10 ފޫޓް އެތެރޭގައެވެ. ރުކުގެ މޫ ދަނޑުބިމުގެ އިމުން ބޭރަށް ނުދާނެހެން، ރުކުގެ ވަށާއިގެން ނުވަތަ ރުއް އިންދާފައިވާ ސަރަހައްދުގެ ވަށާއިގެން ދޮންފަހާއި ހަމައަށް ކޯރު ކޮންނެ ބަލަހައްޓަންވާނެއެވެ.

3

އެހެން ދަނޑުބިންތަކަށާއި މަގު ހިގާ މީހުނަށް އުދަގޫނުވާނެހެން ރުކުގެ ފަންތައް ދަނޑުބިމުގެ އިމުން ބޭރަށް ނުދާނެހެން ބަލަހައްޓަން ވާނެއެވެ.

 

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

18 ނޮވެންބަރު 2024