މަސައްކަތް
ނަންބަރު: PRC-MPL/IUL/2024/146
ޕަބްލިޝްކުރި ތާރީޚް: 18 ނޮވެންބަރު 2024
ޕަބްލިޝްކުރި ގަޑި: 09:01
ސުންގަޑި: 28 ނޮވެންބަރު 2024 14:00
މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
ޕޯސްޓް ބިލްޑިންގ 8 ވަނަ ފްލޯ ޓެރަސް އޭރިއާގައި ބަހައްޓާފައިވާ 2 ފެންޓޭންކް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް.

ބީލަން ހުށަހެޅުމުގެ ދަޢުވަތު

1.  ޕްރޮޖެކްޓާ ބެހޭ މަޢުލޫމާތު: 

ޕޯސްޓް ބިލްޑިންގ 8 ވަނަ ފްލޯ ޓެރަސް އޭރިއާގައި ބަހައްޓާފައިވާ ފައިބަރ 2 ފެންޓޭންކް މަރާމާތު ކުރުމަށް ބޭނުންވެއެވެ. ވީމާ މިކަމަށް ޝަޢުޤުވެރިވާ އެންމެހައި ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚުގައި ޕޯސްޓް ބިލްޑިންގ އަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މިމަސައްކަތާ ގުޅޭ ޓާރމްސް އޮފް ރިފަރަންސް "ޓީ.އޯ.އާރް" މިއިޢުލާނާއެކު ގެޒެޓްގައި  ޝާއިޢު ކުރެވިފައިވާނެއެވެ. އަދި މި ޕްރޮޖެކްޓަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކާއި އެހެނިހެން މައުލޫމާތު "ޓީ.އޯ.އާރް" ގައި ބަޔާންކުރެވިފައިވާނެއެވެ. 

 

ޕްރީ-ބިޑް މީޓިންގ:

ތާރީޚް:

28 ނޮވެންބަރު 2024    

އެޑްރެސް/ތަން:

ޕޯސްޓް ބިލްޑިންގ 8ވަނަ ފަންގިފިލާ

ގަޑި

14:00

 

ބިޑް ޕްރޮޕޯރސަލް ހުށަހެޅުން:

ތާރީޚް:

05 ޑިސެންބަރު 2024    

އެޑްރެސް/ތަން:

ޕޯސްޓް ބިލްޑިންގ 8ވަނަ ފަންގިފިލާ

ގަޑި

14:00

 

2. ޕްރޮޖެކްޓާއި ގުޅުންހުރި މުހިންމު މައުލޫމާތު:

  • މި ބިޑަށް ޕްރޮޕޯސަލް ހުށަހެޅޭނީ ކަނޑައެޅިފައިވާ ވަގުތަށް ޕްރީ-ބިޑް މީޓިންގ އަށް ގަޑިއަށް ހާޒިރުވެ މައުލޫމާތު ސާފުކުރައްވާ ފަރާތްތަކަށް އެކަންޏެވެ. އަދި ޕްރޮޕޯސަލް ހުށަހަޅަން ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ހާޒިރުވާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
  • ބީލަން ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދީފައިވާ ނަން، ބީލަން ހުޅުވަން ކަނޑައަޅާފައިވާ ތާރިޚާއި، ގަޑި، އަދި ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
  • މިއިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ 27 ނޮވެންބަރު 2024 ވާ ބުދަ ދުވަހުގެ 12:00 ގެކުރިން ތިރީގައިވާ ނަންބަރަށް ގުޅުއްވުން އެދެމެވެ.
  • 3009292 – ޕްރޮކިއުމަންޓް ޔުނިޓް
  • [email protected]
18 ނޮވެންބަރު 2024