މަސައްކަތް
ނަންބަރު: FNK-I/IUL/2024/376
ޕަބްލިޝްކުރި ތާރީޚް: 18 ނޮވެންބަރު 2024
ޕަބްލިޝްކުރި ގަޑި: 08:49
ސުންގަޑި: 20 ނޮވެންބަރު 2024 15:00
ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
މި ކުންފުނީގެ ބޭނުމަށް ރާއްޖެއިން ބޭރުން އެތެރެ ކުރާ މުދާ (ކާރގޯ) ކުލިއަރ ކުރާނެ ފަރާތެއް ހޯދުމާއި ގުޅޭ:

އިޢުލާން ނަންބަރު:FNK-I/IUL/2024/376

އިޢުލާން

މި ކުންފުނީގެ ބޭނުމަށް ރާއްޖެއިން ބޭރުން އެތެރެ ކުރާ މުދާ (ކާރގޯ) ކުލިއަރ ކުރާނެ ފަރާތެއް ހޯދުމާއި ގުޅޭ:

މި އިޢުލާނާއެކު ހިމަނާފައިވާ މަޢުލޫމާތު ކަރުދާހުގައިވާ މަޢުލޫމާތާއި އެއްގޮތަށް މި ކުންފުނީގެ ބޭނުމަށް ރާއްޖެއިން ބޭރުން އެތެރެ ކުރާ މުދާ (ކާރގޯ) ކުލިއަރ ކުރާނެ ފަރާތެއް ހޯދުމަށް 04 (ހަތަރު) ވަނަ ފަހަރަށް  ކުރެވުނު ނަންބަރ:
FNK-I/IUL/2024/332 އަށް ފުރިހަމަ ތަރުހީބު ލިބިފައިނުވާތީ، މި މަސައްކަތަށް އަގު ހުށަހެޅުއްވުމުގެ ފުރުޞަތު، މޯލްޑިވްސް ކަސްޓަމްސް ސަރވިސަސްއިން ދޫކޮށްފައިވާ ބްރޯކަރ ލައިސަންސް އޮންނަ ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.

 

ތާރީޚް

ވަގުތު

ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން

18 އިން 20 ނޮވެމްބަރ 2024

08:00 އިން 15:00

މަޢުލޫމާތު ސާފުކުރެވޭ އެންމެފަހު ތާރީޚް (އީމެއިލްގެ ޒަރިއްޔާއިން)

20 ނޮވެމްބަރ 2024

15:00 މެންދުރު

އަންދާސީ ހިސާބު ހުށަހެޅުން

21 ނޮވެމްބަރ 2024

 11:00 ހެނދުުނު

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަތީގައި ބަޔާންކުރެވިފައިވާ ތާވަލާއިއެއްގޮތަށް ރަޖިސްޓްރީ ކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރެއްވުމަށް ތިރީގައިވާ ހުރިހާ މައުލޫމާތެއް ފުރިހަމަ ކުރެއްވުމަށްފަހުއީ-މެއިލް ކުރައްވާނީ [email protected] އަށެވެ.

-އިޢުލާން ނަންބަރ

-ކުންފުނީގެ ނަން

-ނަމާއި ފޯނު ނަންބަރ

މަތީގައިވާ މައުލޫމާތު ފުރިހަމަކުރެއްވުމަށްފަހު ފޮނުވާ އީމެއިލް ތަކަށް "ރެޖިސްޓްރޭޝަން ކޮންފޮމޭޝަން" އެއްގެ ގޮތުން މި ކުންފުނިން އީމެއިލް ކުރާނެ ވާހަކަ ދެއްނެވީމެވެ.

ނޯޓް: ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީ ހިސާބުތައް އަދި މި އިޢުލާނާ ގުޅިގެން ދޫކުރެވޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި ކޮންމެ ވަގުތެއްގައި ވެސް އަންދާސީ ހިސާބުތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ކުންފުންޏަށް ލިބިގެންވެއެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް އީމެއިލް ކުރައްވާނީ [email protected] އަށެވެ.

18 ނޮވެންބަރު 2024