ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)120-A/120/2024/20
ޕަބްލިޝްކުރި ތާރީޚް: 14 ނޮވެންބަރު 2024
ޕަބްލިޝްކުރި ގަޑި: 15:20
ސުންގަޑި: 10 ޑިސެންބަރު 2024 13:30
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
2025 ވަނަ އަހަރުގެ މެއި/ޖޫން ކޭމްބްރިޖް އޯލެވެލް އަދި އެސް.އެސް.ސީ އިމްތިޙާނުގެ ނޯމަލް އެންޓްރީގެ އެޕްލިކޭޝަނަށް ހުޅުވާލުން

               2025  ވަނަ އަހަރުގެ މެއި/ޖޫން ކޭމްބްރިޖް އޯލެވެލް އަދި އެސް.އެސް.ސީ އިމްތިޙާނުގެ ނޯމަލް އެންޓްރީގެ އެޕްލިކޭޝަން 14 ނޮވެންބަރު 2024 އިން 10 ޑިސެންބަރު 2024ވަނަ ދުވަހުގެ މެންދުރު ފަހު 13:30ގެ ނިޔަލަށް މި ޑިޕާޓްމަންޓުން ބަލައިގަންނަމުން ދާނެ ވާހަކަ ދަންނަވަމެވެ.

               އެޕްލިކޭޝަން ފޯމް މި ޑިޕާޓްމަންޓުގެ ކައުންޓަރުންނާއި ( ހ.އަސްރަފީ ވިލާ، ދެވަނަ ފަންގިފިލާ، މަޖީދީމަގު) އަދި ވެބްސައިޓް www.dpe.edu.mv އިން ލިބެން ހުންނާނެއެވެ. އޮންލައިންކޮށް ފޯމް ހުށަހަޅުއްވާނަމަ މެއިލް ކުރައްވާނީ [email protected] އަށެވެ. ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 08:30 އިން 13:30 އަށެވެ. ފޯމާއި އެކު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ހުށަހެޅުން އެދެމެވެ. ފައިސާ ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ ބަނޑޭރި ޕޭ ޕޯޓަލް މެދުވެރިކޮށެވެ.

14 ނޮވެންބަރު 2024