ދިވެހިރާއްޖެ
"ކާށިދޫ ކައުންސިލް ހޭންޑް ބޯލް ޗެލެންޖް 2024" ގެ ނަމުގައި ކާށިދޫ ކައުންސިލްގެ ފަރާތުން މިއަހަރުގެ ޑިސެންބަރު މަހުގެ 03 ވަނަ ހަފްތާގައި އަންހެން ބޭފުޅުންނަށް ޚާއްޞަ ކޮށްގެން ހޭންޑްބޯޅަ މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި މުބާރާތް ހިންގައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)330-B/330/2024/84 (06 ނޮވެންބަރު 2024) އިޢުލާނަށް އެއްވެސް ފަރާތަކުން އިޖާބަދީފައި ނުވާތީ އެ އިޢުލާން ބާޠިލްކޮށް، މި މުބާރާތް ހިންގައިދިނުމުގެ މަސައްކަތްކޮށްދިނުމަށް ބޭނުންވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލައިފީމެވެ.
ވީމާ މި މުބާރާތް އިންތިޒާމްކޮށް ހިންގައިދިނުމަށް ބޭނުންވާ ފަރާތްތަކުން، "ކާށިދޫ ކައުންސިލް ހޭންޑް ބޯލް ޗެލެންޖް 2024" އިންތިޒާމުކޮށް ހިންގުން އައުޓްސޯސްކުރުމުގެ އުސޫލާ އެއްގޮތްވާ ގޮތުގެމަތިން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅާނީ ހުށަހަޅާ ފަރާތުގެ އަމިއްލަ ފޯމެޓްގައި ދިވެހި ބަހުންނެވެ. މި މުބާރާތް ހިންގުން އައުޓްސޯސްކުރުމުގެ އުޞޫލު، މި އިޢުލާނާއެކު އެއްކަރުދާސްކުރެވިފައި ވާނެއެވެ. އަދި ކައުންސިލްގެ އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. މި މުބާރާތް ހިންގައިދިނުމަށް އެދި ހުށަހެޅޭނީ ކާށިދޫގައި ރަޖިސްޓްރީކޮށްފައިވާ ކްލަބް ޖަމްޢިއްޔާ ޖަމާޢަތްތައް ފަދަ ރަޖިސްޓްރީކޮށްގެން ހިންގާ ފަރާތްތަކަށެވެ.
ވީމާ ކާށިދޫ ކައުންސިލުން ބާއްވާ ހޭންޑްބޯޅަ މުބާރާތް ހިންގައިދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2024 ނޮވެންބަރު 24 ވާ އާދީއްތަ ދުވަހުގެ 13:00 އަށް މިއިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބާއެކު އަންދާސީ ހިސާބުގެ ވެރިފަރާތުގެ ރަޖިސްޓްރީގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. މީގެއިތުރުން އިވެންޓް މެނޭޖްކުރުމުގެ ދާއިރާއިން ތަޖްރިބާ ލިބިފައިވާ ފަރާތެއް ނަމަ ތަޖްރިބާގެ ލިޔުންތައް ހުށަހަޅަންވާނެއެވެ.