ބީލަން
ނަންބަރު: (IUL)306/306/2024/54
ޕަބްލިޝްކުރި ތާރީޚް: 17 ނޮވެންބަރު 2024
ޕަބްލިޝްކުރި ގަޑި: 13:43
ސުންގަޑި: 04 ޑިސެންބަރު 2024 11:00
މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިކައުންސިލްގެ ބެލުމުގެ ދަށުގައިވާ "ހަލަވެލި" އޭ ކިޔުނު ގޯތި ވިއްކާލުމަށް އަލުން ޢިއުލާން ކުރުން

އިޢުލާނު

 

މިކައުންސިލްގެ ބެލުމުގެ ދަށުގައިވާ މިދަންނަވާ ބަންޑާރަ ގޯތި ވިއްކާލުމަށް އަލުން އިއުލާން ކުރުމަށް ވަނީ ހަމަޖެހިފައެވެ.

 

ގޯތީގެ ނަން:

ހަލަވެލި

ގޯތީގެ ބޮޑު މިން:

3242.80 އަކަފޫޓް

ގޯތި އޮތް ތަން:

ބޮޑުމަގުގައި ރަށުގެ އިރުމަތީ ކޮޅުން "ކޮރަލް" އެވެ ކިޔާ ބަންޑާރަ ގޯއްޗާއި އިންވެގެން ހުޅަނގަށް. (ކުރީގެ އަމީނަ ގެވަޅު)

ގޯތި ގަތުމަށް ހުށަހެޅޭނެ އެންމެ ކުޑަ އަގު:

އަކަފޫޓަކަށް 120.00 ރުފިޔާގެ ރޭޓުން.

ގޯތި ވިއްކުމަށް ހަމަޖެހިފައިވާ ގޮތް:

ބީލަމުގައި އެންމެ ބޮޑުއަގު ހުށަހަޅާ ޝަރުތު ހަމަވާ ފަރާތަކަށް.

އަންދާސީ ހިސާބު ހުށަހަޅާ ފޯމް އާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. މިކައުންސިލުން މިކަމަށް ތައްޔާރުކޮށްފައިވާ އަގު ހުށަހަޅާ ފޯމް
  2. ބިންގަތުމަށް ހުށައަޅާ ފަރާތުގެ ވޭތުވެދިޔަ 03 މަހުގެ ބޭންކް ސްޓޭޓްމެންޓް.
  3. އަމިއްލަ ފަރުދެއްނަމަ އައިޑީކާޑުގެ ކޮޕީ.
  4. ޖަމްޢިއްޔާއެއް، ކުންފުންޏެއް، އެންޖީއޯއެއްފަދަ ރަޖިސްޓަރޑް ބޮޑީއަކުން ހުށަހަޅުއްވާނަމަ، ރަޖިސްޓަރީގެ ކޮޕީ. (ދިވެހި ރައްޔިތެއްގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ކުންފުންޏަކަށް ވާން ވާނެއެވެ.)

ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން:

މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2024 ނޮވެމްބަރ 18 އިން 2024 ނޮވެމްބަރ 26 އަށް ބަންދު ނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް:

 

މިބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2024 ނޮވެމްބަރ 27 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

ޕްރޮކިއުމަންޓް ސެކްޝަން

ރަސްމާދޫ ކައުންސިލް އިދާރާ

ފޯން:  6580049

   އީ-މެއިލް: [email protected]

 

ބީލަން ހުށަހެޅުމާއި ހުޅުވުން:

ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ 2024 ޑިސެމްބަރ 04 ވާ ބުދަ ދުވަހުގެ 11:00 ގައި ރަސްމާދޫ ކައުންސިލް އިދާރާގައެވެ.

17 ނޮވެންބަރު 2024