މަސައްކަތް
ނަންބަރު: FNK-K(T)/FNK/IUL/2015/081
ޕަބްލިޝްކުރި ތާރީޚް: 06 ޖުލައި 2015
ޕަބްލިޝްކުރި ގަޑި: 10:23
ސުންގަޑި: 16 ޖުލައި 2015 11:00
ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ޑީސަލް ސްޓޯރޭޖް ޓޭންކްތަކެއް ޑިޒައިން ކުރުމާ ބެހޭ

ޑީސަލް ސްޓޯރޭޖް ޓޭންކްތަކެއް ޑިޒައިންކުރުމާ ބެހޭ

މި ކުންފުނީގެ ބްރާންޗްތަކުގައި ފިއުލް ރައްކާކުރާނެ ތާނގީތަކެއް ހެދުމަށްޓަކައި، ޑީސަލް ސްޓޯރޭޖް ޓޭންކްތަކެއް ޑިޒައިން ކުރުމުގެ މަސައްކަތް (ކުރެހުން އަދި ބީ.އޯ.ކިޔު ތައްޔާރުކުރުން) މި ކުންފުނިން ދޭ މަޢުލޫމާތާ އެއްގޮތަށް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ތައްޔާރުކުރެވިފައިވާ މަޢުލޫމާތު ޝީޓް 2015 ޖުލައި 06 ން 12 އަށް ރަސްމީގަޑީ ހެނދުނު 10:30 ން 13:30 އަށް މި ކުންފުނީގެ ހެޑް އޮފީހުން (ޕޯޓް ކޮލްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ލިބެން ހުންނާނެއެވެ. އަންދާސީހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވަނީ 2015 ޖުލައި 16 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑް (ޕޯޓް ކޮމްޕްލެކްސް، 7 ވަނަ ފަންގިފިލާ) ގެ ޖަލްސާ ކުރާ މާލަމުގައި، މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިގަންނަވާ ފަރާތްތަކުގެ ހާޒިރުގައެވެ.

މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމަތަށްޓަކައި ދަންނަވާލީމެވެ.

19 ރަމަޟާން 1436

06 ޖުލައި 2015