ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)376/376/2024/47
ޕަބްލިޝްކުރި ތާރީޚް: 17 ނޮވެންބަރު 2024
ޕަބްލިޝްކުރި ގަޑި: 11:21
ސުންގަޑި: 01 ޑިސެންބަރު 2024 14:00
ނިލަންދެއަތޮޅު ދެކުނުބުރީ ބަނޑިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިދޭސީންގެ ދަފްތަރު އެކުލަވާލުމާއި ބެހޭ

  ބިދޭސީންގެ މައްސަލަ ޙައްލުކުރުމުގެ ގޮތުން ސަރުކާރުން ކުރިއަށްގެންދާ 'އޮޕަރޭޝަން ކުރަނގި'  ގެ ދަށުން ދ.ބަނޑިދޫގައި ދިރިއުޅޭ ބިދޭސީންގެ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް މިކައުންސިލުން މިދަނީ ކުރަމުންނެވެ. އެހެންކަމުން ބިދޭސީން ގެންގުޅޭ ފަރާތްތަކުން އެފަރާތެއްގެ ޙަވާލުގައިވާ ބިދޭސީންގެ މަޢުލޫމާތު ދަފްތަރުގައި ހިމެނުމަށްޓަކައި 1 ޑިސެމްބަރ 2024 ވަނަ ދުވަހުގެ 14:00 ގެ ކުރިން މިކައުންސިލާއި މަޢުލޫމާތު ޙިއްސާކުރެއްވުމަށް ދަންނަވަމެވެ. މިމަސައްކަތް ކުރިއަށްދާނީ ކޮންމެ ދުވަހަކުވެސް ހެނދުނު 08:30 އިން 14:00 އަށް ކައުންސިލުގެ އިދާރާގައެވެ. މިމަސައްކަތް މިނޫން ވަގުތުތަކެއްގައި ކުރިއަށްގެންދާނަމަ އެކަން ބިދޭސީން ގެންގުޅުއްވާ ފަރާތްތަކަށް މިކައުންސިލުން އަންގަމުންދާނެ ވާހަކަ ދެންނެވީމެވެ.

  ދަފްތަރުގައި ރަޖިސްޓްރީވުމަށް ބިދޭސީން ފޮނުވާއިރު އެފަރާތުގެ ވޯކްޕާމިޓް އަދި ޕާސްޕޯޓު ސައިޒު ފޮޓޯއެއް ހިފައިގެން ޙާޟިރުވުމަށް އަންގަވައިދެއްވުން އެދެމެވެ. އަދި އެފަރާތެއްގެ އެއްވެސް ލިޔެކިޔުމެއް ނެތްނަމަވެސް ދަފްތަރުގައި ރަޖިސްޓްރީވާންޖެހޭތީ ލިޔެކިޔުންތައް ނެތް ފަރާތްތަކުންވެސް މިދެންނެވި މުއްދަތުގައި ކައުންސިލް އިދާރާއަށް ފޮނުއްވާ ދަފްތަރުގައި ރަޖިސްޓްރީކުރުމުގެ ކަންތައް ކުރިއަށް ގެންގޮސް ނިންމުމަށް ދެންނެވީމެވެ.

 މިމުއްދަތުގެ ފަހުން މިރަށުގައި ދިރިއުޅޭ ބިދޭސީން ދަފްތަރުގައި ރަޖިސްޓްރީނުކޮށް މިރަށުގައި އުޅުމަކީ މަނާކަމެއް ކަމުގައިވެސް ދެންނެވީމެވެ. މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

17 ނޮވެމްބަރ 2024

17 ނޮވެންބަރު 2024