ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)422-B1/422/2024/77
ޕަބްލިޝްކުރި ތާރީޚް: 17 ނޮވެންބަރު 2024
ޕަބްލިޝްކުރި ގަޑި: 11:07
ސުންގަޑި: 21 ނޮވެންބަރު 2024 13:30
ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބީ ޒޯން ލައިސެންސް އޭ ޒޯން ލައިސެންސަށް ބަދަލުކުރުމަށް ނަންނޯޓްކުރުމުގެ ފުރުޞަތު ހުޅުވާލުން

ބީ ޒޯން ލައިސެންސް އޭ ޒޯން ލައިސެންސަށް ބަދަލުކުރުމަށް ނަންނޯޓްކުރުމުގެ ފުރުޞަތު ހުޅުވާލުން

ބީ ޒޯން ލައިސެންސް (ލައިސެންސް ފޮތް) ނަގާފައިވާ ފަރާތްތަކުން 31 އޮގަސްޓް 2025 ގެ ކުރިން ޑިޖިޓަލް ލައިސެންސަށް ބަދަލުކުރުމަށާއި މި ތާރީޚުގެ ފަހުން ބީ ޒޯން ލައިސެންސް ބޭނުންނުކުރެވޭނެކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާއިން ވަނީ އަންގާފައެވެ. އެހެންކަމުން، މިހާރު ބީ ޒޯން ލައިސެންސް ގެންގުޅުއްވާ ފަރާތްތަކުގެ ލައިސެންސް ޑިޖިޓަލްކުރުމަށްޓަކައި މިމަހުގެ 24 އިން 30 އަށް އަތޮޅު ކައުންސިލުން ރަށަށް ވަޑައިގެން ސިމްސް ޕޯޓަލްގެ ތެރެއިން ތިއަރީ ޓެސްޓް ހެދުމާއި ޕްރެކްޓިކަލް ޓެސްޓް ހެދުމަށްފަހު މިހާރު ދޫކުރުމުންދާ އޭ ޒޯން ލައިސެންސް ދިނުމަށް ހަމަޖެހިފައިވެއެވެ.

ވީމާ، ބީ ޒޯން ލައިސެންސް (ލައިސެންސް ފޮތް) އޮތް ފަރާތްތަކުން ލަސްނުކުރައްވާ، 21 ނޮވެމްބަރ 2024 ވާ ބްރާސްފަތި ދުވަހުގެ 13:30 ގެ ކުރިން ކައުންސިލަށް ގުޅުއްވާ ނަން ނޯޓްކޮށްދެއްވުން އެދެމެވެ. ނަންނޯޓްކުރެއްވުމަށް 7899605 އަށް ގުޅުއްވުން އެދެމެވެ.

މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

17 ނޮވެންބަރު 2024