ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)422-B1/422/2024/76
ޕަބްލިޝްކުރި ތާރީޚް: 17 ނޮވެންބަރު 2024
ޕަބްލިޝްކުރި ގަޑި: 11:07
ސުންގަޑި: 21 ނޮވެންބަރު 2024 12:00
ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ.ފިޔޯރީއިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމަށް އެދޭ ފޯމް ހުށައެޅުމުގެ މުއްދަތް އިތުރު ކުރުން

ގދ.ފިޔޯރީއިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމަށް އެދޭ ފޯމް ހުށައެޅުމުގެ މުއްދަތް އިތުރު ކުރުން

ގދ.ފިޔޯރީއިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމަށް މި އިދާރާއިން ކުރި އިޢުލާނުގެ މުއްދަތް 14 ނޮވެމްބަރ 2024 ވީ ބްރާސްފަތި ދުވަހުގެ 12:00 ގައި ހަމަވިއިރު ފިޔޯރީގެ ގިނަ އަދަދެއްގެ ބަޔަކު ގޯއްޗަށް އެދި ފޯމް ހުށައެޅުމަށް ބޭނުންވެ ފޯމް ހުށަނޭޅި ތިބުމާއި ގުޅިގެން ކައުންސިލުންވަނީ ފޯމް ހުށައެޅުމުގެ މުއްދަތް 21 ނޮވެމްބަރ 2024 ވާ ބްރާސްފަތި ދުވަހާއި ހަމައަށް މުއްދަތް އިތުރުކުރުމަށް ނިންމާފައެވެ. ވީމާ، ގޯއްޗަށް އެދި ފޯމް ހުށައަޅަން ބޭނުންވާ ފަރާތްތަކުން 21 ނޮވެމްބަރ 2024 ވާ ބްރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ފޯމް ހުށައެޅުމަށް ދަންނަވަމެވެ. މެއިލް މެދުވެރިކޮށް ފޯމް ހުށައަޅާ ފަރާތްތަކުން މި އިޢުލާނުގައި ފޯމް ހުށައެޅުމަށް ދެވިފައިވާ މެއިލްއަށް ފޯމް ހުށައެޅުމަށް ދަންނަވަމެވެ.

ގދ.ފިޔޯރީއިން ބަންޑާރަ ގޯތި ދޫކުރުމަށް އެދޭ ފޯމް ބަލައިގަތުން ކުރިއަށްދާނީ ތިރީގައިވާ ގޮތުގެ މަތިންނެވެ.

  • ފޯމު ބަލައިގަތުން: 2024 ނޮވެމްބަރ 21 ވާ ބްރާސްފަތި ދުވަހުގެ ނިޔަލަށް ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން 12:00އަށެވެ.
  • އީ-މެއިލް ކުރުމަށް: [email protected]

މި އިޢުލާނާއެކު ގދ.ފިޔޯރީއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމަށް އަމަލުކުރާނެ އުސޫލާއި، ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ސަރަހައްދު އަންގައިދޭ ޗާޓް އަދި އިސްލާޙު ކުރެވިފައިވާ ގދ.ފިޔޯރީއިން ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯއްޗަށްއެދޭ ފޯމު ޝާއިޢު ކުރީމެވެ. ގޯތި ދޫކުރުމަށް އަމަލުކުރާނެ އުސޫލުގައި ގޯއްޗަށްއެދި ހުށަހަޅާ ފަރާތުގައި ހުންނަންޖެހޭ ޝަރުތުތައް، ގޯއްޗަށްއެދޭ ފަރާތްތަކަށް ޕޮއިންޓު ދިނުމުގެ މިންގަނޑު ހިމެނިފައިވާނެއެވެ. ހަމަމިއާއެކު ފޯމާއެކު ހުށައަޅަންޖެހޭ ލިޔެކިއުންތައް ފޯމުގައި ބަޔާންކުރެވިފައިވާނެއެވެ.

މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

17 ނޮވެންބަރު 2024