ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)170-HR/170/2024/132
ޕަބްލިޝްކުރި ތާރީޚް: 17 ނޮވެންބަރު 2024
ޕަބްލިޝްކުރި ގަޑި: 10:30
ސުންގަޑި: 21 ނޮވެންބަރު 2024 23:59
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
އެސިސްޓެންޓް ލައިބްރޭރިއަން

 

 

މަޤާމު:

އެސިސްޓެންޓް ލައިބްރޭރިއަން (ދާއިމީ)

ބޭނުންވާ ޢަދަދު: 1

 

އޮފީސް

 ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ

މަސައްކަތްކުރަން ޖެހޭ ތަން:

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (މެއިން ކެމްޕަސް)

މަޤާމުގެ ގްރޭޑު/ ސްޕައިން ޕޮއިންޓު، މަޤާމުގެ ޝަރްޠުތައް، އަސާސީ މުސާރަ، އަދި ސަރވިސް އެލަވަންސް

މަޤާމު

ގްރޭޑް /

ސްޕައިން ޕޮއިންޓު

ޝަރުތު

މަޤާމުގެ އަސާސީ މުސާރަ

ސަރވިސް އެލަވަންސް

އެސިސްޓެންޓް ލައިބްރޭރިއަން

ADG4/17

 

1. މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 4 ނުވަތަ އެއަށްވުރެން މަތީ ސަނަދެއް ހާސިލްކޮށްފައިވުން

ނުވަތަ:

2. މަތީ ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއިއެކު، އޭގެ އިތުރުން ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

 

5,778.10 ރުފިޔާ

2476.33 ރުފިޔާ

ADG4/18

1. އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 17 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %75 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

5,956.80 ރުފިޔާ

2,552.92 ރުފިޔާ

ADG4/19

1. އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 18 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %75 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

 

6,141.04 ރުފިޔާ

2,631.87 ރުފިޔާ

ADG4/20

1. އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 19 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %75 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

 

6,330.97 ރުފިޔާ

2,713.27 ރުފިޔާ

ADG4/21

1. އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 20 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %75 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

 

6,526.77 ރުފިޔާ

2,797.19 ރުފިޔާ

ADG4/22

1. އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 21 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %75 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

 

6,728.62 ރުފިޔާ

2,883.70 ރުފިޔާ

ADG4/23

1. އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 22 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %75 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

 

6,936.73 ރުފިޔާ

2,972.88 ރުފިޔާ

 

 

އުޖޫރައާއި ޢިނާޔަތްތައް:

 

  • މުވައްޒަފަށް ދެވޭ އަސާސީ މުސާރައާއި ސަރވިސް އެލަވަންސްގެ އިތުރުން ސްޕެޝަލް ޑިއުޓީ އެލަވަންސް (އަސާސީ މުސާރައިގެ 35% ) ދެވޭނެއެވެ.
  • އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
  • ހަމަޖެހިފައިވާ އުޞޫލުން، މުވައްޒަފުންގެ ހެލްތު އިންޝިއުރަންސް ސްކީމްގައި ބައިވެރިކުރެވޭނެއެވެ.
  • ހަމަޖެހިފައިވާ އުޞޫލުން، މުވައްޒަފުންގެ ކްރެޑިޓް ސްކީމުގައި ބައިވެރިކުރެވޭނެއެވެ.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:

  • ޑިއުޓީ ތާވަލުގައިވާ ގޮތަށް ޑިއުޓީ އަދާކުރުމާއި ލައިބްރަރީ ހުޅުވައި ލެއްޕުން.
  • ލައިބްރަރީއަށް ލިބޭ ފޮތާއި ނޫސް މަޖައްލާފަދަ ތަކެތި އުސޫލާ އެއްގޮތަށް އެތަކެތި ޕްރޮސެސްކޮށް ބެލެހެއްޓުން.
  • ލައިބްރަރީ ހުޅުވިފައި ހުންނަ ގަޑީގައި ލައިބްރަރީގެ  ޚިދުމަތް ދިނުމުގެ ހުރިހާ މަސައްކަތެއް ކުރުމާއި ބެލެހެއްޓުން.
  • ފޮތްތަކާއި މަޖައްލާފަދަ ތަކެތި ބޭނުންވާ ފަރާތްތަކަށް ހަމަޖެހިފައިވާ އުސޫލުން ދޫކޮށް ބަލައިގަތުމާއި މުއްދަތުހަމަވެ އަނބުރާ ނުދައްކާ ހުންނަ ފޮތްތައް ހޯދުމުގެ މަސައްކަތް ކުރުން.
  • ހަވާލުކުރެވޭ ޝެލްފްތައް ކަނޑައެޅިފައިވާ އުޞޫލުން ތަރުތީބުކޮށް ބެލެހެއްޓުމާއި، ދުވަހީގޮތެއްގައި ޝެލްފް ރީޑް ކުރުމާއި ބެލެހެއްޓުން.
  • ލައިބްރަރީ ތަރައްޤީކޮށް، ޕްރޮމޯޓް ކުރުމުގައި ހުރިހާ މުވައްޒަފުންނާއި ގުޅިގެން މަސައްކަތް ކުރުން. އަދި ހިންގާ ޙަރަކާތްތައް ރާވާ ހިންގުމުގައި އެހީތެރިވުން.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ލިބިފައިވާ ތަޢުލީމާއި ތަމްރީނު (ގުޅޭ ދާއިރާއިން)
  • ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ (ގުޅޭ ދާއިރާއިން)
  • ލިބިފައިވާ ހުނަރު (އިންޓަރވިއު/ޕްރެކްޓިކަލްސް)

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ (ދެ ފުށް ފެންނާނެހެން ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް)
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީ އަކުން ނުވަތަ ކޮލެޖަކުން ހަދާފައިވާ ކޯހެއްނަމަ އެކްރިޑިޓް ނުވަތަ ވެލިޑޭޓް ކޮށްފައިވާ ކޮޕީ) 
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ވަޒީފާއަށް އެދި ހުށަހަޅާނެ ގޮތް:

  • ވަޒީފާއަށް އެދި ހުށަހަޅާނީ ތިރީގައި މި ވާ ލިންކް ބޭނުންކޮށްގެންނެވެ.

     https://forms.gle/tcWn4CZPPhfGNk4J6

  • އަޕްލޯޑްކުރާ އެންމެހާ ލިޔެކިޔުންތައް ހުންނަންވާނީ ސާފުކޮށް ކިޔަން އެނގޭނެ ފަދަ ގޮތަކަށެވެ.
  • އިޢުލާނުގައި ބަޔާން ކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަން ޖެހޭނެއެވެ.

އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚް:

  • 21 ނޮވެންބަރ 2024 ވަނަ ދުވަހުގެ 23:59 އަށް

ނޯޓް:

  • ލައިބްރަރީ ދާއިރާގެ ތަޢުލީމާއި ހުނަރު އަދި ތަޖުރިބާ ލިބިފައިވާ ފަރާތްތަށް އިސްކަން ދެވޭނެއެވެ.
  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  •  މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށް ފަހުގައެވެ.
  • މިމަޤާމަށް ހޮވޭ މުވައްޒަފަކު މަސައްކަތް ކުރައްވަން ޖެހިވަޑައިގަންނަވާނީ ދުވާލަކު 6 ގަޑިއިރު ދަންފަޅި އުސޫލުންނެވެ.
  •  މިމަގާމަށް މީހަކު ހޮވުމަށް އިންޓަރވިއުކުރުން އޮންނާނީ 18 ނޮވެންބަރ 2024 ވަނަ ދުވަހުން 15 ޑިސެންބަރ 2024 ވަނަ ދުވަހާ ދެމެދުގައެވެ. އިންޓަރވިއު އޮންނާނެ ތަނަކާއި ވަގުތު ކެންޑިޑޭޓުންނަށް ދުރާލާ އެންގޭނެއެވެ. ވުމާއެކު ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، މަތީގައިވާ ތާރީޚްތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ،  3022160 ނަންބަރު ފޯނާއެވެ.
  • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި،  އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
17 ނޮވެންބަރު 2024