ބީލަން
ނަންބަރު: (IUL)426-AA/426/2024/450
ޕަބްލިޝްކުރި ތާރީޚް: 17 ނޮވެންބަރު 2024
ޕަބްލިޝްކުރި ގަޑި: 10:17
ސުންގަޑި: 21 ނޮވެންބަރު 2024 14:00
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު - ޑިޒައިން އެންޑް ބިލްޑް އުސޫލުން، މަރަދޫފޭދޫ ގައި މޮނިއުމެންޓް ހަދައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަމްބަރު (IUL)426-AA/426/2024/415 އިއުލާނަށް އެއްވެސް ފަރާތަކުން ބީލަން ހުށަހަޅާފައިނުވާތީ، އިއުލާން ބާތިލްކޮށް އަލުން މި މަސައްކަތަށް ފުރުޞަތު ހުޅުވާލުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

  1. ޑިޒައިން އެންޑް ބިލްޑް އުސޫލުން، މަރަދޫފޭދޫ ގައި މޮނިއުމެންޓް ހަދައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަމްބަރު (IUL)426-AA/426/2024/415 އިއުލާނަށް އެއްވެސް ފަރާތަކުން ބީލަން ހުށަހަޅާފައިނުވާތީ، އިއުލާން ބާތިލްކޮށް އަލުން މި މަސައްކަތަށް ފުރުޞަތު ހުޅުވާލަމެވެ. މިމަސައްކަތަށް ދައުވަތު ހުޅުވާލެވެނީ ދިވެހިރާއްޖޭގައި މިބާވަތުގެ ވިޔާފާރިކުރުމަށް ރެޖިސްޓްރީކުރެވިފައިވާ ފަރާތްތަކަށެވެ.
  2. މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން 2024 ނޮވެމްބަރު 17 ވާ އާދީއްތަ ދުވަހުގެ 10:00 އިން ފެށިގެން 2024 ނޮވެމްބަރު 21 ވާ ބުރާސްފަތި ދުވަހުގެ 14:00 އާއި ހަމަޔަށް މިއިދާރާގެ ޕްރޮކިއުމަންޓް ޔުނިޓަށް ([email protected]) ބީލަން ހުށަހަޅާ ފަރާތުގެ މައުލޫމާތު (ކުންފުނި ނުވަތަ ވިޔަފާރީގެ ނަން، ފޯން ނަންބަރު އަދި މެއިލް އެޑްރެސް) މެއިލްކޮށްގެން ބިޑް ހުށަހެޅުމަށް ރަޖިސްޓްރީކުރެއްވުން އެދެމެވެ. މި މުއްދަތުގެ ތެރޭގައި ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރާ ފަރާތްތަކަށް މަސައްކަތާއި ގުޅޭ މައުލޫމާތު ޝީޓް އަދި ބިޑް ފޯމް ސޮފްޓްކޮޕީ ފޯރމެޓްގައި މެއިލްކުރެވޭނެއެވެ.
  3. ބީލަމާއި ގުޅިގެން މައުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ 2024 ނޮވެމްބަރު 17 ވާ އާދީއްތަ ދުވަހުގެ 10:00 އިން ފެށިގެން 2024 ނޮވެމްބަރު 23 ވާ ހޮނިހިރު ދުވަހުގެ  14:00އާއި ދެމެދު ތިރީގައިވާ އެޑްރެހަށް މެއިލްކޮށްދެއްވުން އެދެމެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 2024 ނޮވެމްބަރު 25 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން، ބިޑް ހުށަހެޅުމަށް ރަޖިސްޓްރީކުރާ ހުރިހާ ފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.
  4. މި މަސައްކަތާއި ގުޅިގެން ބޭއްވޭ މައުލޫމާތު ސެޝަން އޮންނާނީ 2024 ނޮވެމްބަރު 24 ވާ އާދީއްތަ ދުވަހުގެ 11:00 ގައި މަރަދޫފޭދޫ އަވަށު އޮފީހުގައެވެ.
  5. ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުވުން އޮންނާނީ 2024 ޑިސެމްބަރު 02 ވާ ހޯމަ ދުވަހުގެ 10:30 ގައި އައްޑޫ ސިޓީ ކައުންސިލް އިދާރާގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދުކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
  6. މަސައްކަތް ޙަވާލުކުރެވޭ އުސޫލާއި، އަދި ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބިޑިންގ ޑޮކިއުމަންޓުގައި ހިމެނިފައިވާނެއެވެ. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

    އީމެއިލް: [email protected] 

 

15 ޖުމާދުލްއޫލާ 1446

17 ނޮވެމްބަރު 2024

17 ނޮވެންބަރު 2024