ކުއްޔަށް ދިނުން
ނަންބަރު: (IUL)283-PS/283/2024/89
ޕަބްލިޝްކުރި ތާރީޚް: 17 ނޮވެންބަރު 2024
ޕަބްލިޝްކުރި ގަޑި: 09:31
ސުންގަޑި:
24 ނޮވެންބަރު 2024 13:30
މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ސިނާއީ އެކިއެކި މަސައްކަތް ކުރުމަށް ބިން ދޫކުރުން
ސިނާއީ މަސައްކަތް ކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުން ސިނާއީ އެކިއެކި މަސައްކަތްކުރުމަށް، އެންމެ ރަނގަޅު އަގު ހުށައަޅާ ފަރާތްތަކަށް ބިން ކުއްޔަށް ދޫކުރުމަށް ކައުންސިލުންވަނީ ނިންމާފައެވެ.
- ބިމުގެ ބޮޑުމިން : 1500 އަކަފޫޓު ( 50 ފޫޓު ، 30 ފޫޓު)
- ބިމުގެ އަދަދު: 12 (އެއްފަރާތަކަށް އެންމެގިނައިން އެދެވޭނީ 02 ބިމަށް)
- ބިން އޮތްތަން : ރަށުގެ ދެކުނުކޮޅުން (ސިނާއީ ސަރަހައްދުގެ ގޮތުގައި ކަނޑައަޅާފައިވާ ބިމުގެ ދެކުނުބައި)
- މަހަކަށް ހުށައެޅޭ އެންމެ ކުޑައަގު : އަކަފޫޓަކަށް 70 ލާރި (1050ރ)
- ގްރޭސް ޕީރިއަޑްގެ ގޮތުގައި ދެވޭ މުއްދަތު: 3 މަސްދުވަސް (މި މުއްދަތުގައި ފީ ދައްކާކަށް ނުޖެހޭނެ)
- ބިމުގައި އެއްވެސް އަސާސީ ޚިދުމަތެއް ލިބެން ނުހުންނާނެއެވެ. (ފެން، ނަރުދަމާ، ކަރަންޓް) މިޚިދުމަތްތައް ހޯދުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުމަކީ ބިން ނަގާފަރާތުގެ ޒިންމާއެކެވެ.
- ހުށައެޅޭނެ އެންމެ ދިގު މުއްދަތު : 20 އަހަރުދުވަސް
- މުއްދަތަށް އިތުރުކުރެވިދާނެ މުއްދަތު: ނަގާ މުއްދަތުގެ 50 އިންސައްތަ އަހަރު (މިކަން ޤާނޫނަކުން ބަދަލު ނުވާހާ ހިނދަކު)
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މިއިދާރާގެނަމްބަރ 6540052 ފޯނާ ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 24 ނޮވެމްބަރ 2024 ވާ އާދިއްތަ ދުވަހުގެ 13:30 އަށް މިއިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. އަދި ކޮންމެ ފަރާތަކަށް ހުށަހެޅޭނީ އެއްބީލަމެވެ.
17 ނޮވެންބަރު 2024