ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)286-MP/286/2024/110
ޕަބްލިޝްކުރި ތާރީޚް: 16 ނޮވެންބަރު 2024
ޕަބްލިޝްކުރި ގަޑި: 22:10
ސުންގަޑި: 20 ނޮވެންބަރު 2024 14:00
މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ވާވޮށި ފެސްޓިވަލް 2024" ކުރިއަށްދާ މުއްދަތުގައި ސައިކަލު އަދި ބައިސްކަލު ކުއްޔަށް ދިނުމަށް ޝައުޤުވެރިވާ ފަރާތްތަށް ހޯދުމާއި ގުޅޭ

އޮލިވް ރިޑްލީ ޕްރޮޖެކްޓްގެ ފަރާތުން އިންތިޒާމް ކޮށްގެން 2024 ނޮވެމްބަރު 21 އިން 23 އަށް ނ. ކެނދިކުޅުދޫގައި ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ "ވާވޮށި ފެސްޓިވަލް 2024" ކުރިއަށްދާ މުއްދަތުގައި، ސައިކަލު އަދި ބައިސްކަލު ކުއްޔަށް ދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލުމަށް ބޭނުންވެއެވެ.
ވާވޮށި ފެސްޓިވަލް ކުރިޔަށް ގެންދާ މުއްދަތުގައި ސައިކަލު އަދި ބައިސްކަލު ކުއްޔަށް ދޭން ބޭނުންވާ ފަރާތްތަކުން ތިރާގައިވާ ގޫގުލް ފޯމް ފުރުއްވައިގެން ރަޖިސްޓްރީކުރުމަށް ދަންނަވަމެވެ.
ފޯމް ލިންކް: https://forms.office.com/r/9uBeLBsTDa
ވީމާ، މިކަމަށް ޝައުގުވެލައްވާ ފަރާތްތަކުން 20 ނޮވެމްބަރު 2024 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ފޯމް ފުރުއްވާ ނުވަތަ ކެނދިކުޅުދޫ ކައުންސިލަށް ވަޑައިގެން މަޢުލޫމާތު ހިއްސާކުރެއްވުމަށް ދަންނަވަމެވެ.
ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.
14 ޖުމާދަލްއޫލާ 1446
16 ނޮވެންބަރު 2024

16 ނޮވެންބަރު 2024