ބީލަން
ނަންބަރު: (IUL)GS-13-AC/2024/25
ޕަބްލިޝްކުރި ތާރީޚް: 16 ނޮވެންބަރު 2024
ޕަބްލިޝްކުރި ގަޑި: 15:52
ސުންގަޑި: 20 ނޮވެންބަރު 2024 13:00
ޏ.އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
2025 ވަނަ އަހަރު ޏ. އަތޮޅު ތައުލީމީ މަރުކަޒުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

`

 

ޏ.އަތޮޅު ތަޢުލީމީ މަރުކަޒު                                  

   ފުވައްމުލައް                             

                                                       ނަންބަރު: (IUL)GS-13-AC/2024/25

 

 2025 ވަނަ އަހަރު ޏ. އަތޮޅު ތައުލީމީ މަރުކަޒުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

 

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

01. 01 ޖަނަވަރީ 2025 ން ފެށިގެން 31 ޑިސެންބަރު 2025 ގެ ނިޔަލަށް މި ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައި ދިނުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

02. މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2024 ނޮވެންބަރު 17 ވާ އާދީއްތަ ދުވަހުން ފެށިގެން 2024 ނޮވެންބަރު 20 ވާ ބުދަ ދުވަހުގެ 13:00 ގެ ނިޔަލަށް، އިޢުލާން ނަންބަރާއި، ބީލަމުގައި ބައިވެރިވާ ފަރާތުގެ ތަފްސީލާއި އެކު ( ކުންފުނީގެ ނަމާއި އެޑްރެސް، ފޯނު ނަންބަރު، އީމެއިލް އެޑްރެސް އަދި މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާ ފަރާތުގެ ފުރިހަމަ ނަން) މި އިދާރާގެ ރަސްމީ އީމެއިލަށް ([email protected]) ލިޔުމުން ފޮނުވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.

03.  މި މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއް ވާނަމަ 21 ނޮވެންބަރު 2024  ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މި މަރުކަޒުގެ އީމެއިލަށް ލިޔުމުން ފޮނުވުން އެދެމެވެ.

04. މި މަސައްކަތާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 24 ނޮވެންބަރު 2024 ވާ އާދީއްތަ ދުވަހުގެ 11:00 ގައި މިމަރުކަޒުގެ އިދާރީ އޮފީހުގައެވެ.

05.  ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 28 ނޮވެމްބަރ 2024 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މި މަރުކަޒުގެ އިދާރީ އޮފީހުގައެވެ.

06. މި މަސައްކަތާ ގުޅޭ ބީލަން ފޮތް މި ޢިއުލާނާއިއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

07. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޏ. އަތޮޅު ތަޢުލީމީ މަރުކަޒު

ފޯން: 7772317/7925002

އީ-މެއިލް: [email protected]

17 ނޮވެންބަރު 2024

16 ނޮވެންބަރު 2024