ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)199-PLS/199/2024/155
ޕަބްލިޝްކުރި ތާރީޚް: 15 ނޮވެންބަރު 2024
ޕަބްލިޝްކުރި ގަޑި: 19:53
ސުންގަޑި: 30 ނޮވެންބަރު 2024 14:00
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
"އައި.ވީ.އެފް" ފަރުވާގެ ދެވަނަ ބުރުގެ މުރާޖަޢާ ކުރެވިފައިވާ ލިސްޓް އާންމުކުރުމާ ގުޅޭ

އިޢުލާން

"އައި.ވީ.އެފް" ފަރުވާގެ ދެވަނަ ބުރުގެ މުރާޖަޢާ ކުރެވިފައިވާ ލިސްޓް އާންމުކުރުމާ ގުޅޭ

ސަރުކާރުގެ ފުރަތަމަ 14 ހަފްތާގެ ތެރޭގައި ހާސިލް ކުރެއްވުމަށް ކަނޑައަޅުއްވާފައިވާ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ "އައި.ޔޫ.އައި" އަދި "އައި.ވީ.އެފް"ގެ ފަރުވާތައް އާސަންދަ ސްކީމް މެދުވެރިކޮށް ފޯރުކޮށްދިނުމަށްޓަކައި، އެކުލަވާލައި އާންމުކުރެވިފައިވާ "'އައި.ޔޫ.އައި" އަދި "އައި.ވީ.އެފް" ގެ ފަރުވާތައް އާސަންދަ ސްކީމް މެދުވެރިކޮށް ފޯރުކޮށްދިނުމާއި ގުޅޭ އުސޫލު" ގެ ދަށުން މި އެޖެންސީގެ ނަންބަރު  (IUL)199-PLS/199/2024/68 އިއުލާނުގައި ބަޔާންކޮށްފައިވާފަދައިން 31 އޮކްޓޯބަރ 2024 ގައި އާންމު ކުރެވުނު "އައި.ވީ.އެފް" ގެ ފަރުވާގެ ޚަރަދު ކުރުމަށް ދަތިވާ ފަރާތްތަކުން ދައުލަތުގެ އެހީއަށް އެދި ހުށަހަޅާ ފޯމް" މެދުވެރިކޮށް އެހީއަށް އެދި ހުށަހަޅުއްވާފައިވާ ފަރާތްތަކުގެ ދެވަނަ ބުރުގެ ލިސްޓާއި ގުޅިގެން ހުށަހެޅުނު ޝަކުވާތަކަށް ރިޢާޔަތްކޮށް ދެވަނަ ބުރުގެ ލިސްޓް މުރާޖަޢާ ކުރުމަށްފަހު މި އިޢުލާނާއެކު އާންމުކުރަމެވެ.

މިގޮތުން ދެވަނަ ބުރުގައި ފޯމު ހުށަހެޅި ޖުމްލަ 216 ފަރާތްތަކުގެ ތެރެއިން، އިސްވެދެންނެވި އުސޫލުގެ ދަށުން އެހީއަށް ޝަރުތު ހަމަވެފައިވާ 64 ފަރާތަށް، ދެވަނަ ބުރުގައި އެހީ ހަމަޖެހިފައިވާކަމުގައި ދަންނަވަމެވެ. އަދި ދެވަނަ ބުރުގައި އެހީ ހަމަޖެހިފައިވާ ފަރާތްތަކުން 30 ނޮވެމްބަރ 2024  ގެ ކުރިން ފަރުވާ ކުރިޔަށްގެންދާނެގޮތުގެ ޕްލޭން ހިއްސާކުރުމާގުޅޭގޮތުން މި އެޖެންސީން އެފަރާތްތަކަށް މަޢުލޫމާތު ފޯރުކޮށްދޭނެކަމުގައި ދަންނަވަމެވެ.

މިކަމާ ގުޅިގެން އެއްވެސް މަޢުލޫމާތެއް ސާފުކުރުމަށް އެދޭނަމަ، ނުވަތަ އެހީތެރިކަން ބޭނުންވާނަމަ، މި އެޖެންސީގެ ހޮޓްލައިން 1402 ނުވަތަ [email protected] މެދުވެރިކޮށް ހުށަހެޅޭނެކަމުގައި ދަންނަވަމަވެ.

15 ނޮވެންބަރު 2024