މަޤާމުގެ ނަން: އެސިސްޓެންޓް ކެރިއަރ ގައިޑަންސް އޮފިސަރ (ކޮންޓްރެކްޓް)
|
މުސާރަ: -/4465 ރުފިޔާ
|
ސަރވިސް އެލަވަންސް: -/1500 ރުފިޔާ
|
ރޭންކް: ޖީ.އެސް 3
|
ކްލެސިފިކޭޝަން: އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1
|
ބޭނުންވާ އަދަދު: 1
|
މަސައްކަތް ކުރަންޖެހޭ ތަން: ނެޝަނަލް ކެރިއަރ ގައިޑަންސް ސެންޓަރ
|
މުއްދަތު: 31 ޑިސެންބަރު 2015ގެ ނިޔަލަށް
|
ޝަރުޠު:
- މެނޭޖްމަންޓް/ އެޑްމިނިސްޓްރޭޓިވް/ މާކެޓިންގގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތު ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.
|
މަޤާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:
- އެން.ސީ.ޖީ.ސީއަށް ލިބޭ ލިޔެކިޔުންތައް ބަލައިގަނެ އެންޓްރީކޮށް ސެކްޝަންގެ ވެރިޔާގެ ލަފާގެ މަތިން ޖަވާބުދިނުން
- އެން.ސީ.ޖީ.ސީގެ ޔައުމިއްޔާ ދުވަހުން ދުވަހަށް ނިންމުން
- އެން.ސީ.ޖީ.ސީއިން ބާއްވާ މީޓިންގ ތަކުގެ ޔައުމިއްޔާ ލިޔެ ފައިލްކޮށް ބެލެހެއްޓުން
- އެން.ސީ.ޖީ.ސީގެ މަންތްލީ ރިޕޯޓު ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
- އެން.ސީ.ޖީ.ސީގެ މެއިލް ދުވަހުން ދުވަހަށް ޗެކްކޮށް ސެކްޝަންގެ ވެރިޔާގެ ލަފާގެ މަތިން ޢަމަލު ކުރުން.
- އެން.ސީ.ޖީ.ސީގެ ބަޖެޓް ތައްޔާރުކޮށް ބަޖެޓް ކޮމްޕައިލް ކުރުން.
- އެން.ސީ.ޖީ.ސީގެ އިންވެންޓްރީ ގަވާއިދާ އެއްގޮތަށް ބަލަހައްޓަމުން ގެންދިއުން.
- އެން.ސީ.ޖީ.ސީގެ ސްޓޮކް ގަވާއިދާ އެއްގޮތަށް ބަލަހައްޓަމުން ގެންދިއުން.
- ކޮންމެ އަހަރެއް ފެށުމުން ލީވް ޕްލޭނާއި އެކްޓިވިޓީ ކަލަންޑަރ ހަދައި މޮނިޓަރ ކުރަމުން ގެންދިއުން.
- ކޮންމެ އަހަރެއްވެސް ނިމުމުން އަހަރީ ރިޕޯޓު ތައްޔާރުކޮށް މިނިސްޓްރީއަށް ފޮނުވަންޖެހޭ ދުވަހަށް ފޮނުވުން.
- ކޭޝްފްލޯ ތައްޔާރުކޮށް ބެލެހެއްޓުން.
- އަތޮޅުތަކުގެ ޖޮބްސެންޓަރތައް މޮނިޓަރ ކުރުމާއި އެ ސެންޓަރު ތަކުން ހިންގާ އެކްޓިވިޓީސްތައް ދުވަހުން ދުވަހަށް ބެލެހެއްޓުން
- އެން.ސީ.ޖީ.ސީން ހިންގާ ޕްރޮގްރާމްތަކުގެ މަޢުލޫމާތު މީޑިޔާއަށް އެންގުމުގެ މަސައްކަތް ކުރުން.
|
މަޤާމުގެ ނަން: އެސިސްޓެންޓް ރިސަރޗް އޮފިސަރ (ކޮންޓްރެކްޓް)
|
މުސާރަ: -/4465 ރުފިޔާ
|
ސަރވިސް އެލަވަންސް: -/1500 ރުފިޔާ
|
ރޭންކް: ޖީ.އެސް 3
|
ކްލެސިފިކޭޝަން: އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1
|
ބޭނުންވާ އަދަދު: 1
|
މަސައްކަތް ކުރަންޖެހޭ ތަން: ނެޝަނަލް ކެރިއަރ ގައިޑަންސް ސެންޓަރ
|
މުއްދަތު: 31 ޑިސެންބަރު 2015ގެ ނިޔަލަށް
|
ޝަރުޠު:
- އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް/ މާކެޓިންގ/ ކޮމްޕިއުޓިންގގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.
|
މަޤާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:
- ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ 94000 ވަޒީފާގެ ފުރުޞަތުގެ ތެރެއިން ވަޒީފާތައް އުފެދި މުވައްޒަފުން ނެގެމުންދާ މިންވަރު މޮނިޓަރކޮށް ސްޓެޓިސްޓިކް ބެލެހެއްޓުން.
- ރާއްޖެއާއި ރާއްޖެއިން ބޭރުން ދިވެހިންނަށް ވަޒީފާގެ ފުރުޞަތުތައް އޮތް މިންވަރު މޮނިޓަރކޮށް ސްޓެޓިސްޓިކްސް ބެލެހެއްޓުން.
- ވަޒީފާގެ ދަފްތަރު އަޕްޑޭޓްކޮށް ބެލެހެއްޓުން.
- އިޢުލާންކުރާ ވަޒީފާގެ ފުރުޞަތުތައް އަޕްޑޭޓްކޮށް ބެލެހެއްޓުން.
- ރާއްޖެއަށް އެންމެ ބޭނުންވާ ވަޒީފާތަކާއި ޓްރޭނިންގތައް ދެނެގަނެ ސެކްޝަންގެ ވެރިޔާއަށް ލަފާ ދިނުން.
- ޒުވާނުން ވަޒީފާއަށް ނުދާ ސަބަބުން ދެނެގަނެ އެފަރާތްތަކަށް ވަޒީފާ ހޯދައިދީ އެ ވަޒީފާތަކުގައި ދެމެހެއްޓޭނެ ގޮތާއި ގުޅޭގޮތުން ލަފާދިނުން.
|
ނޯޓް:
- މި މަޤާމަށް ޝަރުތު ހަމަވާ މީހެއް ހޮވުމުގައި މަޤާމާ ގުޅޭ ދާއިރާއެއްގައި މަސައްކަތް ކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
- މި މަޤާމުތަކުގެ އިންޓަވިއު އެއް މަސް ދުވަހުގެ ތެރޭގައި ބޭއްވޭނެއެވެ. އަދި އިންޓަވިއު އޮންނާނީ ވޭލާނާގެ 3 ވަނަ ފަންގިފިލާ ގައި ހުންނަ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ މީޓިންގ ރޫމްގައެވެ.
- މި ވަޒީފާއަށް ޝަރުޠުހަމަވާ ފަރާތްތަކުގެ އަދަދު 10އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް އަދި މި މަސައްކަތަށް ބޭނުންވާހުނަރަށް ބެލުމަށްފަހު، އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ 10 ފަރާތާއެވެ.
- ކޮންޓްރެކްޓްގެ މުއްދަތުގައި މަސައްކަތުގެ ފެންވަރަށްބަލައި ކޮންޓްރެކްޓްގެ މުއްދަތު އިތުރު ކުރެވޭނެއެވެ.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމު.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ އެކްރެޑިޓް ކުރެވިފައިވާ ލިޔުންތަކާއި އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
- ތަޢުލީމީ ސެޓްފިކެޓްތަކުގެ އަސްލު ގެނައުމަށް ހަމަޖެހިފައިވަނީ އިންޓަވިއުއަށް ހާޒިރުވާއިރުއެވެ.
|
- ސުންގަޑި: 2015 ޖުލައި 12 ވާ އާދީއްތަ ދުވަހުގެ 13:30 ގެ ކުރިން
- އެޕްލިކޭޝަން ހުށަހަޅުއްވާނީ ވެލާނާގެ ތިންވަނަ ފަންގިފިލާގައި ހުންނަ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއަށް.
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.
- ވެބްސައިޓް އެޑްރެސް www.youth.gov.mv
- އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް ގުޅުއްވާނީ 3347316 އަށް
|